ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނިން ހިދުމަތް ދޭ 154 ރަށުގައިވެސް އެ ޕްރޮގްރާމް ކުރިއަށް ދިޔަ ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ދިޔައީ މިއަދު ހެނދުނު 7:00ންހަވީރު 4:00އަށެވެ.

Ad
rt

މި ޕްރޮގްރާމްގެ ތެރެއިން ފެނަކައިގެ ހުރިހާ ބްރާންޗެއްގެ ގޯތިތެރެއާއި އޮފީސްތެރެ ވަނީ ސާފުކޮށްފައެވެ. މިއީ މަސައްކަތުގެ މާހައުލަކީ އާންމު ސިއްހީ މިންގަނޑުތަކަށް ފެތޭރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދިޔަ ހަރަކާތެެއް ކަމަށްވެސް ފެނަކައިން ބުންޏެވެ.

އެ ކުންފުންޏަކީ ރާއްޖޭގެ ބޮޑު އާބާދީއަކަށް ފެނާއި ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏަކަށް ވުމުން، ހިދުމަތްތައްދޭ އޮފީސްތަކަކީ ކުންފުނީގެ ހިދުމަތް ލިބިގަންނަ އާންމުރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހެދުމަކީ ވެސް މަގުސަދެއް ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ އެ ޕްރޮގްރާމްގެ ތެރެއިން ބްރާންޗްތަކުގެ އިންޖީނުގެތަކުގެ ރައްކާތެރިކަންވެސް ބަލައި ޗެކް ކޮށްފައިވާ ކަމަށެވެ.