އެމިރޭޓްސް އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރު ވެއްޖެއެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ، މި ދަތުރުތައް ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. މިއީ އެމިރޭޓްސް އިން ދުބާއީ އާއި ކޮލަމްބޯއާދެމެދު ކުރާ ދަތުރުތައް ފުޅާކުރުމުގެ ގޮތުން ފަށާ ދަތުރުތަކެއް ކަމަށެްވެސް އެ އެއާލައިނުން ބުންޏެވެ.
މި ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުގެ ބޮއިން 777 މަރުކާގެ ބޯޓެވެ.
އެ އެއާލައިނުން ނިންމާފައި ވަނީ މާލެ އާއި ކޮލަމްބޯ އަށް ކޮންމެ ދުވަހަކު ދަތުރެއް ބާއްވާ ގޮތަށެވެ. އެގޮތުން ދުބާއީ އިން ފުރައިގެން ފްލައިޓު ރާއްޖެ އަށް އަންނާނީކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 ގައެވެ. މާލެ އިން ކޮލަމްބޯ އަށް ފުރާނީ ހަވީރު 4:35ގައެވެ.
އެމިރޭޓްސް އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަސިންޖަރުން ގެންނަ އެއާލައިނެވެ. އެ އެއާލައިނުން މި އަހަރުގެ މިހާތަނަށް 141،505 މީހުން ވަނީ ރާއްޖެ އަށްދަތުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!