ލ. ގަމުގެ ބަނދަރު ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް 24 މިލިއަން ރުފިޔާއަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެ ރަށު ބަނދަރު 25،791 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.5 މީޓަރު) ފުން ކުރާނެ އެވެ.

އަދި ބަނދަރަށް ވަންނަ ނެރު ފުންކުރުމަށް 4،317 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 4 މީޓަރު) ނެރު ފުން ކުރުމާއި އެ ރަށުގެ އެއްގަމު ތޮށިން ބޭރު ތޮއްޓާ ދެމެދު ބްރިޖެއް އެޅުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމާއި ޕޭވްމަންޓު ހެދުމާއި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.