ހިޔާ ފްލެޓް ލިބުނު މީހުންނަށް ހިލޭ ގޭސްފުޅި ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭސް އިން އިއްޔެ ފަށައިފިއެވެ.
“ހިޔާ ޕްރޮމޯޝަން”ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ގޭސްފުޅި ހިލޭ ލިބޭއިރު ގޭސްފުޅި ހިލޭ ގުޅައި ވެސް ދޭނެ އެވެ.
އެހެންކަމުން ކަސްޓަމަރުން ދައްކަންޖެހޭނީ ރީފިލިންއަށް ދައްކާ 200ރ. އެކަންޏެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ހިޔާ ފްލެޓުތައް ކައިރީގައި ގޭސްފުޅިއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތުލިބޭނެއެވެ.
މޯލްޑިވް ގޭސްގެ ޓެންޓުން ހިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ން 6:00އަށެވެ.
މީގެ އިތުރުން މޯލްޑިވް ގޭސްގެ ހޮޓްލައިން 1616 އަށް ގުޅައިގެންވެސް މި ޕްރޮމޯޝަނުގެ ދަށުން ގޭސްފުޅި ނެގޭނެއެވެ.
މޯލްޑިވް ގޭސްގެ ލުއި ފުޅިއަކީ ގިނަ ބަޔަކަށް ކަމުދާ ރައްކާތެރި ފުޅިއެކެވެ. މި ފުޅި ބޭނުން ކުރުމުން އަލިފާނުގެ ހާދިސާތަކުން ވެސް ދުރުކޮށްދެއެވެ. އަދި ހަލިފާނުގެހާދިސާއެއް ހިނގައިފިނަމަ ފުޅި ގޮވުން ފަދަ ކަންކަމުން ވެސް ދުރުކޮށްދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!