ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅުނު 245 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މިތަކެތި އަތުލައިގަތީ މިއަދުއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިޔަރު އުރަހަ ހުރި 14 ފޮށި އަތުލައިގަތް ކަމަށް އެއިދާރާއިން ބުންޏެވެ.

Ad
rt

މި ތަކެތި ބޭރުކުރަން އުޅުނު ބަޔަކާ ބެހޭ މައުލޫމާތެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހައަކީ ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭ އެއްޗެކެވެ. އެގޮތުން ކިލޯއެއް 400 ޑޮލަރަށް ވިއްކާލެވޭއިރު މި ރޭޓުން ބަލާނަމަ މިއަދު އަތުލައިގަތީ1.5 މިލިއަން ރުފިޔާގެ މިޔަރު އުރަހައެވެ.

މީގެ ކުރިން ވެސް މިގޮތަށް ވައިގެ މަގުން މިޔަރު އުރަހަ ބޭރުކުރަން އުޅެނިކޮށް އެއާޕޯޓުން އަތުލައިގެންފައިވެއެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި އެކްސްޕޯޓު ކުރުމަކީވެސް މަނާ ކަމެކެވެ.