ދެ ހަފުތާއަށްފަހު އަބޫދާބީން ރާއްޖެ ގްރީން ލިސްޓަށް
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ ނެގިތާ ދެ ހަފުތާ ފަހުން އަނެއްކާ ވެސް އެ ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ. އެ ގައުމުން ބުނީ މިއަދުން ފެށިގެން ރާއްޖެއިން އަބޫދާބީއަށް ދާ އެއްވެސް މީހަކު ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. އެ ގައުމުން ގްރީން ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޯވިޑް-19 ފެތުރެމުން އަންނަ ވަރަށް ބަލައެވެ. މި ލިސްޓުގައި ރާއްޖޭގެ އިތުރުން 58 ގައުމެއް ވަނީހިމަނައިފައެވެ. އަބޫދާބީގެ ގްރީން ލިސްޓުގައި […]