“ދަ މެރީނާ” ކްރޮސްރޯޑްސް އަންނަ މަހުން ފެށިގެން އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ.

މިތަން ބަންދު ކުރީ ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ތެރޭގައެވެ. ނަމަވެސް އެޗްޕީއޭއިން ދަތުރުފަތުރުތަކަށް ދީފައިވާ ލުޔާއެކު އަލުން އާއްމުންނަށް ހުޅުވާލަނީ ކަމަށްމެރީނާއިން ބުނެއެވެ.

Ad
rt

ކްރޮސް ރޯޑްސް މެރީނާއަކީ ދިވެހިން އާއްމުކޮށް ގޮސް އުޅޭ ތަނެކެވެ. އެހެން ކަމުން އެތަން އަލުން ހުޅުވާލަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހު ކަމަށްމެރީނާއިން ބުނެއެވެ. އަދި މާލެއިން ދަތުރުފަތުރުތައް އަލުން ފަށާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއެކު ކަމަށް ވެސް ވަނީ ބުނެފައެވެ.

ކްރޮސްރޯޑް އާއްމުންނަށް ހުޅޫވާލާފައި ހުންނާނީ ހެނދުނު 11:00 އިން ރޭގަނޑު 11:00 އާ ދޭތެރޭގައެވެ. ބުކިން ހައްދަން ބޭނުންވާ މީހުންނަށް ކްރޮސްރޯޑްސްމޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ޓިކެޓް ބުކް ކުރެވޭނެއެވެ.