ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން މާދަމާ ކަރަންޓު ދޭނީ 9 އަދި 10 ވަނަ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ފްލެޓު ލިބިފައިވާ މީހުން ހާޒިރުވާންވީ ގަޑި، އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓުގެތަޅުދަނޑި ހިފައިގެން ގަޑިއަށް ހާޒިރު ވުމަށް އެ ކުންފުނިން އެދެއެވެ.

Ad
rt

މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓް ލިބިފައިވާ ފަރާތްތައް ހާޒިރު ނުވެވިއްޖެ ނަމަ، އެފަރާތަކަށް ދެން އެ ފުރުސަތުދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުން ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން ކަރަންޓު ދެނީ ހައުސިން ޑިވެލިޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ފްލެޓުތަކުގެ ލިފްޓުތައް ކޮމިޝަންކޮށް ނިންމައި، އެ ކުންފުންޏަށް އެކަންއެންގުމުންނެވެ.