ކޮންޓެއިނާ ކްލިއާ ކުރަން ރިކުއެސްޓް ކުރުމަށް އެމްޕީއެލުން އަމަލު ކުރަމުން އައި އުސޫލަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ.

އެމްޕީއެލް އިން ނެރުނު ނޯޓިސް އެއްގައި ބުނީ ކުރިން ރިކުއެސްޓު ކުރަން ޖެހޭނީ ތިން ދުވަސް ކުރިން ކަމަށެވެ.

Ad
rt

ނަމަވެސް މި ގެނައި ބަދަލާއެކު ތިން ދުވަސް ކުރިންރިކުއެސްޓު ކުރަން ނޯޓު ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ކެންސަލޭޝަން ޓައިމަށް ކުރިން އޮތް 24 ގަޑިއިރު މިހާރު 48 ގަޑިއިރަށް ބަދަލު ކޮށްފައިވާ ކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ބަދަލާއެކު ކަސްޓަމަރުންނަށް ކޮންޓެއިނާ ކްލިއާ ކުރަން ނޯޓު ކުރުމުގައި ފަސޭހަވެ ބޭނުން ދުވަހަކަށް ނޯޓު ކުރެވޭނެއެވެ.