އެމްބާޕޭގެ ގޯލުން މޮޅުވެ ޕީއެސްޖީ ފައިނަލަށް
ފްރެންޗް ކަޕް ފައިނަލުން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ޖާގަ ހޯދައިފިއެވެ. ފްރެންޗް ކަޕް ސެމީ ފައިނަލުގައި ރޭ ޕީއެސްޖީއާއި ރެނެސް ބައްދަލުކުރި މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ފައިނަލުގައި ޕީއެސްޖީ ބައްދަލު ކުރަން ޖެހޭނީ ލިޔޯންއާއެވެ. ލިޔޯން ވަނީ ސެމީ ފައިނަލުގައި 3-0 ގެ ނަތީޖާއިން ވެލެންސިއެންސް ބަލިކޮށްފައެވެ. ރޭ މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. މެޗުގެ 40 ވަނަ މިނެޓުގައި […]