ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ފައިނަލް ބުރަށް ބައިވެރިން ހޮވުން މިރޭ އޮންނާނެއެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔުން ރޭ ބާއްވާފައިވާއިރު، ރޭ ވާދަކޮށްފައި ވަނީ ދެވަނަ ބުރުން ޖާގަ ހޯދި 15 ބައިވެރިންނެވެ. މުބާރާތުގެ ދެވަނަ ބުރުގެ ކޮންމެ ރެއެއްގައި 5 ބައިވެރިން މުބާރާތާއި ވަކިވާން ޖެހޭއިރު، ރޭ ވަނީ މިރޭ އޮންނަ ދެވަނަ ޝޯއަށް ބައިވެރިން ހޮވާފައެވެ. މިރޭ ޝޯއިން ޖާގަ ދީފައިވަނީ ރޭ އެންމެ ރަނގަޅު ނަތީޖާ ހޯދި 10 ބައިވެރިނަނަށެވެ. އެ ބައިވެރިންނަކީ:
މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ޝޯއިން ޖާގަ ހޯދި 10 ބައިވެރިން
އާއިޝަތު ނީޝާން އާދަމް ނާފިޒު - އައިވީ ، ހއ. ދިއްދޫ
އާމިނަތު ޝިއުރާ އިބްރާހީމް - ޝެހެނާވިލާ، ހއ. ދިއްދޫ
ފާޠިމަތު ރިފްޢާ ރުޝްދީ - ނަޔާއަންދާޒްގެ، ހއ. ކެލާ
މަރްޔަމް ނާޔާ އަޙްމަދު - އަސްރިފާހައުސް، ހއ. ދިއްދޫ
ޢާއިޝަތު ރައިނާ ރަޝީދު - މާމުތީގެ، ހއ. ދިއްދޫ
ޢާއިޝަތު ރީޝް ނަސީމް - ވައްޓަރު، ހއ. ދިއްދޫ
މަރްޔަމް އަޒާ ޢާދިލް - ޖީޒާ، ހއ. ދިއްދޫ
ފާޠިމަތު ލުޖައިން އިބްރާހީމް - ހަވީރީފިނި ، ހއ. ދިއްދޫ
ޢަބްދުﷲ ޒައިން ބިން މުޙައްމަދު - ޝެހެނާއީ، ހއ. ދިއްދޫ
ޔަޢިޝާ ޔާސިރު އިބްރާހީމް - ދޭލިޔާގެ، ހއ. އިހަވަންދޫ
މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަރޭ މުބާރާތުން ވައިވެގެންދިޔަ ބައިވެރިން
އިސްމާޢީލް މަޙްފޫޒު - ފެންފިޔާޒްގެ، ހއ. ކެލާ
ޢަލީ ޒައުލް ޒިޔާއު - އިތާ، ހއ. ކެލާ
ޔޫލީ މުޙައްމަދު ލަޠީފް - ޒުރިޔާނުގެ، ހއ. ދިއްދޫ
ޢުލްޔާ އިބްރާހީމް ޝަރީފް - ލަކީސްޓާރ، ހއ. ދިއްދޫ
މަރްޔަމް ހިބާ ހުސައިން - ވިގޯރަސް ، ހއ. ދިއްދޫ

މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ކިޔުން މިރޭ 21:20 ގައި ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި އޮންނާނެއެވެ. ކިޔެވުން އަޑުއައްސަވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު، ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެސް އަގުހުރި އިނާމްތައް ލިބިގެންދާނެއެވެ.
މިރޭ ޝޯގައި ކޮންމެ ބައިވެރިއަކަށް ވެސް ހިތުން ކިޔުމުގެ ދެ ސުވާލު ކުރާނެއެވެ. ދެވަނަބައެއްގެ ގޮތުގައި ކޮންމެ ބައިވެރިއަކަށް ޤުރުއާނުގެ އިލްމާއި ދީނީ ބައިން ސުވާލު ކުރުން އޮންނާނެއެވެ. އެއަށްފަހު ޝޯގައި އޮންނާނީ ނަތީޖާ ފާޅުކުރުމެވެ. މިރޭ ޝޯއިން އެންމެ މަތިން މާކްސް ހޯދާ 5 ބައިވެރިންނަށް، މި މަހު 28 އަދި 29 ގައި އޮންނަ ފައިނަލުން ޖާގަ ލިބޭނެއެވެ.
މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ. މުބާރާތުގެ އެންމެ ތާޒާ ހަބަރުތައް ތިލަދުން އިން ގެނެސްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!