ތިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަ އުތުރު 2022 މުބާރާތުގައި ވަށަފަރާއި ކެލާ ބައްދަލު ކުރި
މެޗުގެ ތެރެއިން، ފޮޓޯ: ވަށަފަރު ކައުންސިލް
ތިލަ އުތުރު 2022 މުބާރާތުގައި ވަށަފަރާއި ކެލާ ބައްދަލު ކުރި މެޗުގެ ތެރެއިން، ފޮޓޯ: ވަށަފަރު ކައުންސިލް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2024" ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުބާރާތް ހޯސްޓް ކުރާރަށަކުން މުބާރާތުގެ ކުރިއަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމް ހަމަޖައްސަން ޖެހެއެވެ. މިކަމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 16 އޭޕްރިލްގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދި ރަޖިސްޓަރީ ކުރަން ޖެހެއެވެ. ރަޖިސްޓަރީވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް 24 ވަނަ ދުވަހުގެ 13:00 ގައެވެ. ޕްރޮޕޯސަލް ހުށަހެޅޭ އެންމެ ފަހު ތަރީހަކީ މެއި މަހުގެ 9 ވަނަ ދުވަހުގެ 12:00 އެވެ.

މިއީ ހއ.އަތޮޅު ކައުންސިލުން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. ފުރަތަމަ މުބާރާތް 2022 ވަނަ އަހަރު ބާއްވާފައި ވަނީ އުތީމުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއެވެ. މިދިޔަ އަހަރު މި މުބާރާތް ބާއްވާފައި ވަނީ މާރަންދޫގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި