ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރީގެ ޝަރަފް ރީޝް އަށް

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި 1445، ޢާއިޝަތު ރީޝް ނަސީމް، ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި 1445، ޢާއިޝަތު ރީޝް ނަސީމް، ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރީގެ ޝަރަފް، ދިއްދޫ/ ވައްޓަރު ޢާއިޝަތު ރީޝް ނަސީމް ހޯދައިފިއެވެ.

"ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" އަކީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން އެ އަތޮޅު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ.

މި މުބާރާތުގެ ގްރޭން ފިނާލޭ ޝޯ ރޭ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ބާއްވާފައިވާއިރު، ޝޯ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ.

މި މުބާރާތުގެ ފައިނަލް ކުރިއަށް ގެންގޮސްފައި ވަނީ ދެ ރެއަކަށް ބަހާލައިގެންނެވެ. ފައިނަލްގެ ފުރަތަމަ ޝޯ އޮތީ ބުރާސްފަތި ދުވަހުގެ ރެއެވެ. ފައިނަލުގެ ދެވަނަ ޝޯ އޮތީ ރޭގައެވެ. ރޭ ޝޯގައި ވެސް ވަނީ ފަސް ބައިވެރިން ޕާފޯމް ކޮށްފައެވެ. މިގޮތުން ކޮންމެ ބައިވެރިއަކަށް ވަނީ ބަލައިގެން ކިޔުމުން ސުވާލަކާއި ނުބަލާ ކިޔުމުން ސުވާލެއްގެ އިތުރުން ދީނީ އިލްމުންނާއި ޤުރުއާނުގެ އިލްމުން އަވަސް ސުވާލު ބުރެއް ފުރިހަމަ ކޮށްފައެވެ.

ފައިނަލްގެ ދެ ރޭ މާކްސް އެއްކޮށް، އެންމެ މަތިން މާކްސް ހޯދައިގެން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރީގެ މަގާމް ހޯދީ ޢާއިޝަތު ރީޝް ނަސީމް އެވެ.

  • މުބާރާތުގެ ދެވަނަ ޢަބްދުﷲ ޒައިން ބިން މުޙައްމަދު - ޝެހެނާއީ، ހއ.ދިއްދޫ
  • މުބާރާތުގެ ތިންވަނަ މަރްޔަމް އަޒާ ޢާދިލް - ޖީޒާ، ހއ. ދިއްދޫ
  • މުބާރާތުގެ ހަތަރުވަނަ ފާޠިމަތު ރިފްޢާ ރުޝްދީ - ނަޔާއަންދާޒްގެ، ހއ.ކެލާ
  • މުބާރާތުގެ ފަސްވަނަ އާއިޝަތު ނީޝާން އާދަމް ނާފިޒު - އައިވީ ، ހއ.ދިއްދޫ

ރޭގެ ޝޯގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ މިޑްލް ސްޕޯޓްސް ކުލަބުން ހިންގާ މި މުބާރާތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މި މުބާރާތް މިޑްލް ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދަނީ، ހުރިހާ ފެސިލިޓީއެއް ލިބެންހުރި ފުރަ މާލޭގައި ވެސް މިފަދަ މުބާރާތްތައް ނުބޭއްވޭހާ ފެންވަރު ރަނގަޅުކޮށް ކަމަށާއި، އެހާވެސް މުބާރާތުގެ ހުރިހާ ކަމެއްގެ އިންތިޒާމްތައް ތަރުތީބުވެފައި ފުރިހަމަ ކަމަށެވެ.

ޤުރުއާނުގެ އިލްމާއި އަދި އެހެނިގެން އިލްމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައިގަނޑު މައްސަލަތަކަށް ހައްލެއް ލިބިގެންދާނީ ތައުލީމީ ޖީލެއް ބިނާކުރެވިގެން ކަމަށާއި އެކަން ފެންނަމުން އަންނާތީ އުފާކުރައްވާ ކަމަށެވެ.

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445، ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

މި މުބާރާތުގެ އެއްވަނައަށް ހޮވުނު ރީޝްއަށް ވަނީ އިނާމެއްގެ ގޮތުގައި ތިން އުމްރާ ދަތުރު ދީފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ ހާއްސަ ޓްރޮފީއާއި ޝޭސް، ފައިސާގެ އިނާމްގެ އިތުރުން ވެސް ވަނީ ގިނަ އިނާމްތަކެއް ދީފައެވެ. ފައިނަލުގައި ވާދަކުރި އަނެއް ހަތަރު ބައިވެރިންނަށް ވެސް ވަނީ އަގުބޮޑެތި ގިނަ އިނާމްތަކެއް ދީފައެވެ. މީގެތެރޭ ފައިސާގެ އިނާމް ވެސް ހިމެނެއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. Dhihdhoo in isvegn baahva ehvs mubaarathehge ehvanaeh ahn bayakah nulibey ne aee yageen kameh atoll council mubaarai vs adhi thigothah dhihdhoo in isvegn inthizaam kura konme mubaarathuge ehvana aee fayy kolhuga liyefa onna ehchehi aslu mubaarai nubaahva inam thah bahaalyma rangalhu vaane

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި