މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ހަނިމާދޫއިން ބިން ދޫކުރަނީ

ހަނިމާދޫ، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
ހަނިމާދޫ، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ހދ.ހަނިމާދޫއިން ދިގުމުއްދަތަށް ބިން ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް އެ ރަށުން ދޫކުރަން ހަމަޖެހިފައި ވަނީ 5000 (ފަސްހާސް) އަކަފޫޓުގެ 7 ބިމެވެ. މި ބިންތައް ދޫކުރަނީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ.

މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުގެ 10:30 ގައި ހަނިމަދޫ ކައުންސިލުގައެވެ.

މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބުތައް ހުޅުވުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މެއި މަހުގެ 6 ވަނަ ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި