ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ފައިނަލަށް ބައިވެރިން ހޮވައިފިއެވެ.

ދެވަނަ ބުރުގެ ދެވަނަ ޝޯއިން ޖާގަ ހޯދި ދިހަ ބައިވެރިންނާއިއެކު ރޭ ޝޯ ކުރިއަށް ގެންގޮސްފައިވާއިރު، ރޭ ވަނީ ފައިނަލަށް ބައިވެރިން ހޮވާފައެވެ. ފައިނަލުން ފުރުސަތު ލިބިފައި ވަނީ ރޭ ޝޯގައި އެންމެ މަތިން މާކްސް ހޯދި 5 ބައިވެރިންނަށެވެ. އެ ބައިވެރިންނަކީ:

Ad
rt

މުބާރާތުގެ ފައިނަލުން ޖާގަ ހޯދި 5 ބައިވެރިން

  • އާއިޝަތު ނީޝާން އާދަމް ނާފިޒު - އައިވީ ، ހއ. ދިއްދޫ
  • ފާޠިމަތު ރިފްޢާ ރުޝްދީ - ނަޔާއަންދާޒްގެ، ހއ. ކެލާ
  • ޢާއިޝަތު ރީޝް ނަސީމް - ވައްޓަރު، ހއ. ދިއްދޫ
  • މަރްޔަމް އަޒާ ޢާދިލް - ޖީޒާ، ހއ. ދިއްދޫ
  • ޢަބްދުﷲ ޒައިން ބިން މުޙައްމަދު - ޝެހެނާއީ، ހއ. ދިއްދޫ

މީގެއިތުން ރޭވަނީ މުބާރާތުގެ ހަވަނަ، ހަތްވަނަ، އަށްވަނަ، ނުވަވަނަ އަދި ދިހަވަނަ ހޮވާފައެވެ.

  • މުބާރާތުގެ ހަވަނަ - އާމިނަތު ޝިއުރާ އިބްރާހީމް/ ޝެހެނާވިލާ، ހއ. ދިއްދ
  • މުބާރާތުގެ ހަތްވަނަ - މަރްޔަމް ނާޔާ އަޙްމަދު/ އަސްރިފާހައުސް، ހއ. ދިއްދޫ
  • މުބާރާތުގެ އަށްވަނަ - ޢާއިޝަތު ރައިނާ ރަޝީދު/ މާމުތީގެ، ހއ. ދިއްދޫ
  • މުބާރާތުގެ ނުވަވަނަ - ފާޠިމަތު ލުޖައިން އިބްރާހީމް/ ހަވީރީފިނި ، ހއ. ދިއްދޫ
  • މުބާރާތުގެ ދިހަވަނަ - ޔަޢިޝާ ޔާސިރު އިބްރާހީމް/ ދޭލިޔާގެ، ހއ. އިހަވަންދޫ

މި މުބާރާތުގެ ފައިނަލް ވެސް ކުރިއަށް ގެންދަން ރާވާފައި ވަނީ ދެރެއަކަށް ބަހާލައިގެންނެވެ. ފައިނަލުގެ ފުރަތަމަ ޝޯ އޮންނާނީ މި މަހު 27 ވާ ބުރާސްފަތި ދުވަހުގެ ރެއެވެ. މުބާރާތުގެ ވަނަތަށް ހޮވާ ގްރާން ފިނާލޭ ޝޯ އޮންނާނީ މި މަހު 28 ވާ ހުކުރު ދުވަހުގެ ރެއެވެ.

މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ. މުބާރާތުގެ އެންމެ ތާޒާ ހަބަރުތައް "ތިލަދުން" އިން ގެނެސްދޭނެއެވެ.