އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިފަހަރު އޮންލައިންކޮށް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 27 ވާ އާދީއްތަ ދުވަހިގެ ހަވީރު ހަތަރެއް ޖަހާއިރުއެވެ. މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ “ފައިވޯޓު” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ބައިވެރިވޭނީ އިއްޔެގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓ...