ހއ. ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 61 އިންސައްތަ ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ހާމަކޮށްފިއެވެ.

އެ ކުންފުނިން މި މަޝްރޫޢުއާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރުމުގެ ގޮތުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ

Ad
rt

އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ގައު އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި، ސަބްބޭސް ފިލް ލެވެލް ކުރުމުގެ މަސައްކަތާއި، ކޮނުމުގެ މަސައްކަތްކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 8103 ސްކުއެއަރ މީޓަރު ސަރަޙައްދެއް ސާފުކޮށް އަދި އެތަންކޮނުމުގެ އިތުރުން ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތެއް ވެސް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުއަކީ 2.53 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށާއި މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން، ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް އެމްޓީސީސީއިން ބުނެފއިވެއެވެ. މި މަޝްރޫޢުގައި ސޮއި ކުރެވިފއިވަނީ 11 ސެޕްޓެމްބަރ 2019 ގައެވެ.

ހޯރަފުށީގައި ތަރައްޤީ ކުރުމުންދާ އެއާޕޯޓުގައި ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް އެމްޓީސީސީ އިން އެރަށަށް ގެންގޮސް މިހާރު ވަނީ ރަންވޭގައި ތާރުއެޅު މަސައްކަތް ވެސް ފަށާފައެވެ. އެ މަޝްރޫޢުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.