ކޯވިޑް-19 ބަލިމަޑު ކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ތިން މަސްދުވަހަށް ވުރެ ގިނަދުވަހު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހިނގާ ސެޕްޓެމްބަރު މަހުގެ އަށަކާހަމައަށް ރާއްޖެ އައިސްފައިވަނީ 11629 ފަތުރުވެރިން ކަމުގައި ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މި ހިނގާ ސެޕްޓެމްބަރު 9 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އިތުރުން ކުރުމުއްދަތަށް ރާއްޖެ އަންނަ މީހުން ރާއްޖެ އައުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވާފައިވާއިރު، އެ ސެޓްފިކެޓު ހުށަހަޅަން ޖެހޭނީ އިމިގްރޭޝަންގެ ޕޯޓަލް،"އިމުގަ"މެދުވެރިކޮށެވެ.
ޕީސީއާރު ނެގެޓިވް ސެޓްފިކެޓް ހުށަހަޅާއިރު، އެ ސެޓްފިކެޓުގައި ޓެސްޓު ކުރި ލެބޯޓްރީގެ ނަމާއި، އެޑްރެސް، ޓެސްޓުގެ ނަތީޖާ، ޓެސްޓު ކުރި ތާރީހް، ޓެސްޓުގެ ނަތީޖާ ދޫކުރި އޮފިސަރުގެ ނަމާއި، ސޮއި ހިމަނަން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައިވީ ނަމަވެސް ރާއްޖެއަށް ދަތުރު ކުރާ ދިވެހިންނާއި، ވާރކް ވިސާގައި ރާއްޖެއަށް އަންނަ ފަރާތްތައް، އަދި ފްލައިޓް ކުރޫއިންނާއި، އެއް އަހަރު ނުވާ ކުދިން ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ނުޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!