ދިއްދޫ "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020"ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފި
ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒާއި އަދި ނެކްސްޓް ބައި ފިހާރަ ގުޅިގެން ފިރިހެނުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މި މުބާރާތް އިންތިޒާމްކުރާ ކޮމެޓީން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ދިއްދޫގައި ވޮލީ ކުޅުންތެރިން އުފެއްދުމާއި، އަދި ވޮލީގެ ހުނަރު ޒުވާނުންގެ މެދުގައި އިތުރު ކުރުނަ ކަމަށެވެ. މި މުބާރާތް ދިއްދޫގެ ޒުވާނުންނަށް ހާއްސަ ކުރެވިފައިވީ ނަމ...