ޔުއެފާ ނޭޝަންސް ލީގުގައި ރޭ ނެދަލެންޑްސް ބަލިކޮށް ލީގު އޭގެ ގްރޫޕް އެކެއްގެ އެއްވަނައަށް އިޓަލީ ޖެހިލައިފިއެވެ.
ރޭ ނެދަލެންޑްސްގައި ކުޅުނު މިމެޗު އިޓަލީއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި އިޓަލީން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މިގޮތުން ގިނަ ހަމަލާތަކެއް ނެދަލެންޑްސްގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައިވެއެވެ. މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އެ ޓީމުގެ ފޯވާޑް އިމޮބިލޭ ހުރަސްކޮށްދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ނިކޯލޯ ބަރެއްލާއެވެ.
މެޗުގެ ދެވަނަ ހާފުގައި ނެދަލެންޑްސްއިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރުން ވަނީ ނެދަލެންޑްސް ހުއްޓުވާފައެވެ. މެޗު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން އިޓަލީ މޮޅުވެގެންނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިޓަލީއަށް ވަނީ އެ ހަތަރު ޕޮއިންޓާއިއެކު ގުރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް ނެދަލެންޑްސް އާއި ތިންވަނައިގައި އޮތް ޕޮލެންޑަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، އެ ގުރޫޕުގެ ފުލުގައި އޮތް ބޮސްނިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކުގެ ނަތީޖާ
ކަޒަކިސްތާން 1 – 2 ބެލަރޫސް
ބޮސްނިއާ 1 – ޕޮލެންޑް
އޮސްޓްރިއާ 2 – 3 ރޫމޭނިއާ
ނޮދާން އަޔާރލެންޑް 1 – ނޯވޭ
ޗެކްރިޕަބްލިކް 1 – 2 ސްކޮޓްލެންޑް
އަލްބޭނިއާ 0 – 1 ލިތުއޭނިއާ
އިސްރާއީލް 1 – ސޮލަވާކިއާ
މިރޭވެސް މި މުބާރާތުގެ ގިނަ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލު ކުރާނީ ސްވިޑަންއާއެވެ. އަދި ފްރާންސް ބައްދަލު ކުރާނީ ކޮރޭޝިޔާއާއެވެ. މި މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން 23:45 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!