ކ.ތިލަފުށި ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫޢުގެ 10 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫޢުގެ ތެރެއިން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތާއި އަދި ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމުގެ މަސައްކަތުގެ 15 އިންސައްތަ މަސައްކަތް މިހާރުވަނީ ނިންމާލެވިފައެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ކޮށް ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތް ތަކުގެ ތެރޭގައި ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި، ފެން ރައްކާކުރާ ތަނެއް ޤާއިމުކުރުމާއި، ވެހިކަލް ޕާރކް ކުރާ ތަނެއް ޤާއިމުކުރުމާއި، ވަރކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. 15 ފެބްރުއަރީ 2020 ގައި މޮބިލައިޒް ކުރެވިފައިވާ މި މަޝްރޫޢުއަކީ 8.8 މިލިއަން ޑޮލަރުގެ ގެ މަޝްރޫޢެއްކަމަށް އެމްޓީސީސީއިން މަޢުލޫމާތު ދެއްވައެވެ.