ކޯވިޑް-19 ހަލުވިކަމާއިއެކު ރާއްޖޭގައި ފެތުރެމުން އަންނައިރު މިއަދު މި ބައްޔަށް ޕޮޒިޓިވްވި 62 މީހުންނާއިއެކު، ރާއްޖއިން މި ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދު 9052 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

މި ބައްޔަށް މިއަދު މާލޭ ސަރަހައްދުން 51 މީހުން ޕޮޒިޓިވްވެފައި ވާއިރު އަތޮޅު ތެރެއިން 11 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ 44 ދިވެހިންނާއި 18 ބިދޭސީއެކެވެ.

Ad
rt

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު ނުވަ ހާސް ފަހަނައަޅައި ގޮސްފައިވާއިރު، ރާއްޖެއިން މިހާތަނަށް މި ބަލިންބަލިން 7055 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއަދު މި ބަލިން 209 މީހަކު ވަނީ ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ޑީއެޗް 11 ގައި ވެންޓިލޭޓަރުގައި 2 މީހަކަށް ފަރުވާ ދެމުން އަންނަ އިރު 66 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. އަތޮޅު ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން 2 ފެސިލިޓީއެއްގައި 5 މީހަކަށް ފަރުވާ ދެމުން އަންނަ އިރު ބާކީ ތިބި މީހުންނަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 31 މީހަކު ނިޔާވެފައިވާއިރު، މި ވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 1960އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 116 މީހުންނަށެވެ.