ހއ.ދިއްދޫގައި މިހާރު ކުރިއަށްދާ ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ ދެ ޖާގަ ނާޑު ސްޕޯޓްސް އަދި މިޑްލް ސްޕޯޓްސްއިން ކަށަވަރު ކޮށްފިއެވެ.

ގުރޫޕް އޭގައި ނާޑް ސްޕޯޓްސް އިން ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓު ހޯދައި ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވާއިރު، ގްރޫޕް ބީގައި މިޑްލް ސްޕޯޓްސް އިން ވެސްވަނީ އެ ޓީމު ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

Ad
rt

14 ސެޕްޓެމްބަރ 2020 ވީ ހޯމަ ދުވަހު ކުޅެވުނު މެޗުތަކުގެ ނަތީޖާ

ވައިޕާރސް 6 – 4 ޕްރައިމް ޝޫޓާރސް (މުހައްމަދު ނައީމް / ވައިޕާރސް)

ނާޑް ސްޕޯޓްސް 10 – 6 ޓީމް ޕޮލިސް (ޖިބްރީލް މުޖްތަބާ / ނާޑް ސްޕޯޓްސް)

މިޑްލް ސްޕޯޓްސް 13 – 2 ޓީމް މިޑްލް (އަހްމަދު ނަސީރު / މިޑްލް ސްޕޯޓްސް)

އެލްއެލް ސްޕޯޓްސް 2 – 6 ބީއެކްސް ސްޕޯޓްސް (އަހްމަދު ސައީދު / ބީއެކްސް ސްޕޯޓްސް)

ދަ ބްރޭވްސް 0 – 9 ޕްރައިމް ޝޫޓާރސް (ފަތުހުﷲ / ޕްރައިމް ޝޫޓާރސް)

އައްޑާ ސްޕޯޓްސް 5 – 8 ނާޑް ސްޕޯޓްސް (ޖިބްރީލް މުޖްތަބާ / ނާޑް ސްޕޯޓްސް)

ވައިޕާރސް 3 – 9 މިޑްލް ސްޕޯޓްސް (އަހްމަދު މުޖްތަބާ / މިޑްލް ސްޕޯޓްސް)

އެލްއެލް ސްޕޯޓްސް 4 – 10 ޓީމް ޕޮލިސް (މުއާވިއަތު / ޓީމް ޕޮލިސް

RETAW Solutions 3x3 Basketball Tournament 2020
🏆 MAN OF THE MATCH.

🏀 Match 5
🥇Muaviath (Team Police )

🏀 Match...

Posted by Middle Sports Club on Monday, September 14, 2020

15 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހު (މިއަދު) މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު ގްރޫޕް އޭ އިން އައްޑާ ސްޕޯޓްސް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއިއެކު ސެމީފައިނަލްގެ އުންމީދު ބޮޑު ކޮށްފައިވާއިރު، ގްރޫޕް ބީގައި ވައިޕާރސް ޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއިއެކު ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ އުންމީދު ބޮޑު ކޮށްފައެވެ.

15 ސެޕްޓެމްބަރ 2020 އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް

ބީއެކްސް ސްޕޯޓްސް – ޓީމް ޕޮލިސް 16:15

ޕްރައިމް ޝޫޓާރސް – ޓީމް މިޑްލް 16:40

އެލްއެލް ސްޕޯޓްސް – ނާޑް ސްޕޯޓްސް 17:05

ދަ ބްރޭވްސް – މިޑްލް ސްޕޯޓްސް 20:30

އައްޑާ ސްޕޯޓްސް - ޓީމް ޕޮލިސް 20:55

ވައިޕާރސް – ޓީމް މިޑްލް 21:20

މި މުބާރާތުގެ މެއިން ސްޕޮންސަރ ރިޓޯ ސޮލޫޝަންސްއެވެ. އިތުރު ސްޕޮންސަރުންގް ތެރޭގައި ހިމެނެނީ އެންޒެޑް، މިވެސް ގަރާޖް، ކައިވެނީގެ ރަން ބައި ޝުހައިލް، އުދަރެސް އިން، ލޮންސި ކެފޭ، ޓޫޖޭ ހޯމްވެއާރ، އައުޓަމް ސެލޫން، ވިސިޓް ދިއްދޫ، ރެޑްބުލްގެ އިތުރުން އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުން "ތިލަދުން" ނޫހެވެ. މީގެ އިތުރުން މި މުބާރާތް ކުރިއަށް ގެންދަނީ މޯލްޑިވްސް ބާސްކެޓް ބޯލް އެސޯޝިއޭޝަންއާއި އަދި ޑަބްލިޔު ސޮޕޯޓްސްގެ ބައިވެރިވުމާއި އެކުގައި ކަމަށްވެސް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

Group Standings | RETAW Solutions 3x3 Basketball Tournament 2020.

#RETAW #MiddleSportsClub #HaDhidhdhoo

Posted by Middle Sports Club on Monday, September 14, 2020

މި މުބަރަތަކީ ދިއްދޫ މިޑްލް ސްޕޯޓްސް އާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ދިއްދޫ ޒުވާނުންނަށް ބާސްކެޓް ބޯޅަ ތައާރަފް ކުރުމަށާއި ބާސްކެޓް ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަން މަގުފަހިކޮށް ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.