ދިއްދޫ "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020"ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފި

photo_2020-09-22_22-30-48

ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒާއި އަދި ނެކްސްޓް ބައި ފިހާރަ ގުޅިގެން ފިރިހެނުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

މި މުބާރާތް އިންތިޒާމްކުރާ ކޮމެޓީން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ދިއްދޫގައި ވޮލީ ކުޅުންތެރިން އުފެއްދުމާއި، އަދި ވޮލީގެ ހުނަރު ޒުވާނުންގެ މެދުގައި އިތުރު ކުރުނަ ކަމަށެވެ.

މި މުބާރާތް ދިއްދޫގެ ޒުވާނުންނަށް ހާއްސަ ކުރެވިފައިވީ ނަމަވެސް މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ރަށުން ބޭރު އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުޞަތުވަނީ ދީފައެވެ. އަދި ޒުވާން ކުޅުންތެރިންނަށް އިސްކަން ދިނުމުގެ ގޮތުން ކޮންމެ ޓީމެއްގައި ވެސް އަށާރަ އަހަރުން ދަށުގެ ދެ ކުޅުންތެރިން ހިމަނަން ޖެހޭނެކަމަށް އެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

05 އޮކްޓޯބަރ 2020 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދިއްދޫ ޔޫތު ސެންޓަރ ވޮލީ ކޯޓުގައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން ކުޅުންތެރިން ރަޖިސްޓްރީވުމަށް އެދޭ ފޯރމް ފުރުއްވުމަށްފަހު 27 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 18:00 ގެ ކުރިން ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒަށް ހުށައެޅުވުމަށް މުބާރާތް އިންތިޒާމް ކުރާފަރާތުން އެދިލައްވައެވެ.

އަދި މުބާރާތުގައި ކުޅުންތެރިން ރަޖިސްޓަރީކުރާ  ފޯމު ހއ.ދިއްދޫ އިޖްތިމާޢީ މަރުކަޒުން ލިބެން ހުންނާނެ ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.

ދިއްދޫ ނެކްސްޓް ބައިއަކީ އެ ރަށުގައި ފުޅާ ދާއިރާއެއްގައި ތަރުކާރީއާއި މޭވާގެ ވިޔަފާރި ކުރަމުން އަންނަ ފަރާތެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި