ހއ.ދިއްދޫގައި މިހާރު ކުރިއަށްދާ ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރާތުގެ ސެމީފައިނަލް އަދި ފައިނަލް މެޗު މިއަދު އޮންނާނެއެވެ.

ދިއްދޫ ޔޫތު ސެންޓަރުގެ ބާސްކެޓް ކޯޓުގައި 16 ސެޕްޓެމްބަރ 2020 ވީ ބުދަ ދުވަހު (މިއަދު) ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނާޑް ސްޕޯޓްސް އާއި ވައިޕާރސްއެވެ. ނާޑް ސްޕޯޓްސް މި މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައިވަނީ ގްރޫޕް އޭ ގައި އެ ޓީމުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ބާރަ ޕޮއިންޓް ހޯދައި އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ވައިޕާރސް ޓީމުން މި މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައިވަނީ ގްރޫޕް ބީގައި އެ ޓީމުން ކުޅުން ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

Ad
rt

ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ މިޑްލް ސްޕޯޓްސްއާއި ޕޮލިސް ޓީމެވެ. މިޑްލް ސްޕޯޓްސް މި މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައިވަނީ ގްރޫޕް ބީ ގައި އެ ޓީމުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ބާރަ ޕޮއިންޓް ހޯދައި އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޕޮލިސް ޓީމުން މި މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައިވަނީ ގްރޫޕް އޭ ގައި އެ ޓީމުން ކުޅުން ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

މިއަދު ހަވީރު މުބާރާތުގެ ފައިނަލްމެޗު ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

📷 HIGHLIGHTS | RETAW Solutions 3x3 Basketball Tournament 2020.
Match Day 3
#RETAW #MiddleSportsClub #HaDhidhdhoo

Posted by Middle Sports Club on Tuesday, September 15, 2020

15 ސެޕްޓެމްބަރ 2020 ވީ އަންގާރަ ދުވަހު ކުޅެވުނު މެޗުތަކުގެ ނަތީޖާ
ބީއެކްސް ސްޕޯޓްސް 4 – 6 ޓީމް ޕޮލިސް (ސޯބިރު / ޓީމް ޕޮލިސް)
ޕްރައިމް ޝޫޓާރސް 7 – 8 ޓީމް މިޑްލް (ލޯންގޭ / ޓީމް މިޑްލް)
އެލްއެލް ސްޕޯޓްސް 5 – 11 ނާޑް ސްޕޯޓްސް (އާޒިމް / ނާޑް ސްޕޯޓްސް)
ދަ ބްރޭވްސް 2 – 10 މިޑްލް ސްޕޯޓްސް (އަހްމަދު ނަސީރު / މިޑްލް ސްޕޯޓްސް)
އައްޑާ ސްޕޯޓްސް 4 – 10 ޓީމް ޕޮލިސް (މުއާވިއަތު / ޓީމް ޕޮލިސް)
ވައިޕާރސް 9 – 7 ޓީމް މިޑްލް (މުޝްފިޤު / ވައިޕާރސް)

🏆 RETAW Solutions 3x3 Basketball Tournament 2020.
⛹️Semi-Final and Final
📅16 September 2020 (Wednesday)
🕑 16:15 --
📌 Dhidhdhoo Youth Centre
#RETAW #MiddleSportsClub #HaDhidhdhoo

Posted by Middle Sports Club on Tuesday, September 15, 2020

މި މުބާރާތުގެ މެއިން ސްޕޮންސަރ ރިޓޯ ސޮލިއުޝަންއެވެ. އިތުރު ސްޕޮންސަރުންގް ތެރޭގައި ހިމެނެނީ އެންޒެޑް، މިވެސް ގަރާޖް، ކައިވެނީގެ ރަން ބައި ޝުހައިލް، އުދަރެސް އިން، ލޮންސި ކެފޭ، ޓޫޖޭ ހޯމްވެއާރ، އައުޓަމް ސެލޫން، ވިސިޓް ދިއްދޫ، ރެޑްބުލްގެ އިތުރުން އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުން "ތިލަދުން" ނޫހެވެ. މީގެ އިތުރުން މި މުބާރާތް ކުރިއަށް ގެންދަނީ މޯލްޑިވްސް ބާސްކެޓް ބޯލް އެސޯޝިއޭޝަންއާއި އަދި ޑަބްލިޔު ސޮޕޯޓްސްގެ ބައިވެރިވުމާއި އެކުގައި ކަމަށްވެސް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

މި މުބަރަތަކީ ދިއްދޫ މިޑްލް ސްޕޯޓްސް އާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ދިއްދޫ ޒުވާނުންނަށް ބާސްކެޓް ބޯޅަ ތައާރަފް ކުރުމަށާއި ބާސްކެޓް ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަން މަގުފަހިކޮށް ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.