ދިއްދޫ މިޑްލް ސްޕޯރޓްސް ކުލަބާއި، ދިއްދޫ ޒުވާނުންގެ މަރުކަޒާއި ގުޅިގެން ބާއްވާ "ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރަތް ފަށައިފިއެވެ.
ޖުމަލް ދިހަ ޓީމު ބައިވެރިވި މި މުބާރާތް 13 ސެޕްޓެމްބަރ 2020 ވީ އާދީއްތަ ދުވަހު ހަވީރު ދިއްދޫ ޔޫތްސެންޓަރުގެ ބާސްކެޓް ކޯޓުގައި ފަށާފައިވާއިރު، މި މުބާރާތުގެ ފުރަތަމަ ދުވަހު ޖުމްލަ ހަތްމެޗު ކުޅެން ހަމަޖެހިފައި ވީ ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކުޅެފައިވަނީ ހަ މެޗެވެ.
މެޗުތަކުގެ ނަތީޖާ އަދި މެޗްތަކުގެ މޮޅުކުޅުންތެރިޔާ
އެލްއެލް ސްޕޯޓްސް 6 – 9 އައްޑާ ސްޕޯޓްސް (މުހައްމަދު ޚަލީލް / އައްޑާ ސްޕޯޓްސް)
ދަ ބްރޭވްސް 1 – 12 ވައިޕާރސް (މުހައްމަދު ނައީމް / ވައިޕާރސް)
ބީއެކްސް ސްޕޯޓްސް 6 – 9 ނާޑު ސްޕޯޓްސް (ފަތުހުﷲ / ނާޑު ސްޕޯޓްސް)
ޕްރައިމް ޝޫޓާރސް 4 – 12 މިޑްލް ސްޕޯޓްސް (އަހްމަދު ނަސީރު / މިޑްލް ސްޕޯޓްސް)
ދަ ބްރޭވްސް 0 – 5 ޓީމް މިޑްލް (ލޯންގޭ / ޓީމް މިޑްލް)
އައްޑާ ސްޕޯޓްސް 4 – 3 ބީއެކްސް ސްޕޯޓްސް (މުހައްމަދު ޚަލީލް / އައްޑާ ސްޕޯޓްސް)
14 ސެޕްޓެމްބަރ 2020 ހޯމަ ދުވަހު (މިއަދު) މި މުބާރާތުގެ އަށް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިގޮތުން ހަވީރު ހަތަރު މެޗު އަދި ރޭގަނޑު ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
📷 HIGHLIGHTS | RETAW Solutions 3x3 Basketball Tournament 2020.
#RETAW #MiddleSportsClub #HaDhidhdhoo
Posted by Middle Sports Club on Sunday, September 13, 2020
14 ސެޕްޓެމްބަރ 2020 ހޯމަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް
ވައިޕާރސް – ޕްރައިމް ސްޕޯޓަސް 16:15
ނާޑް ސްޕޯޓްސް – ޓީމް ޕޮލިސް 16:40
މިޑްލް ސްޕޯޓްސް – ޓީމް މިޑްލް 17:05
އެލްއެލް ސްޕޯޓްސް – ބީއެކްސް ސްޕޯޓްސް 17:30
ދަ ބްރޭވްސް - ޕްރައިމް ޝޫޓާރސް 20:30
އައްޑާ ސްޕޯޓްސް – ނާޑް ސްޕޯޓްސް 20:55
ވައިޕާރސް – މިޑްލް ސްޕޯޓްސް 21:20
އެލްއެލް ސްޕޯޓްސް – ޓީމް ޕޮލިސް 21:40
RETAW Solutions 3x3 Basketball Tournament 2020
🏆 MAN OF THE MATCH.🏀 Match 1
🥇Mohamed Haleel (Adda Sports)🏀 Match...
Posted by Middle Sports Club on Sunday, September 13, 2020
މި މުބަރަތަކީ ދިއްދޫ ޒުވާނުންނަށް ބާސްކެޓް ބޯޅަ ތައާރަފް ކުރުމަށާއި ބާސްކެޓް ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަން މަގުފަހިކޮށް ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޮންލައިން ނޫހެއް ކަމައްވާ "ތިލަދުން" ނޫހެވެ. މި މިމުބާރާތުގެ ޚަބަރުތަކާއި މަޢުލޫމާތު ތިލަދުން އިން ގެނެސްދެމުންދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!