Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އިޓާލިއަން ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ޔުވެންޓަސްއަށް
Sports

އިޓާލިއަން ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ޔުވެންޓަސްއަށް

އިޓާލިއަން ކަޕްގެ ސެމީފައިނަލްގައި އިންޓަ މިލާން ބަލިކޮށް، ފައިނަލްގެ ފުރަތަމަ ޖާގަ ޔުވެންޓަސް ކަށަވަރު ކޮށްފިއެވެ. ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު އިންޓަ މިލާނުގެ ދަނޑުގައި ކުޅުނުއިރު އެ މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އަންގާރަ ދުވަހުގެ ރޭ ދެވަނަ ލެގުގެ މެޗު ޔުވެންޓަސްގެ ދަނޑުގައި ކުޅުނުއިރު މި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސް ފައިނަލަށް ދަތުރު ކޮށްފައިވަނީ 2-1 ގެ އެގުރިގޭޓް ނަތީޖާއިން ކުރިލިބިގެންނެވެ. ދެ ޓީމްގެ […]

ގެޓާފޭ ބަލިކޮށް ރެއާލް ދެވަނައަށް
Sports

ގެޓާފޭ ބަލިކޮށް ރެއާލް ދެވަނައަށް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ރެއާލުން ކާމިޔާބު ކޮށްފިއެވެ. މި މެޗަށް ރެއާލުން ނުކުމެފައިވަނީ ސަސްޕެންޝަނާއި އިންޖަރީގެ މައްސަލަ ތަކުގެ ސަބަބުން އާންމުކޮށް އެ ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނުގެން ކުޅޭ މުހިންމު ބައެއް ކުޅުންތެރިން ޓީމުގައި ނުހިމަނައެވެ. މިވަގުތު އިންޖަރީގައި ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިން ތަކެއް ތިބިއިރު އޭގެ ތެރޭގައި ކެޕްޓަން ސާޖިއޯ ރާމޮސް، ޑެނީ ކަރަވަހާލް، ލޫކަސް ވަޒްކޭޒް، ރޮޑްރިގޯ، […]

ސެލްޓަ ވިގޯއިން އެތުލެޓިކޯ މެޑްރިޑް މޮޅުވިޔަ ނުދީ ހިފަހަށްޓައިފި
Sports

ސެލްޓަ ވިގޯއިން އެތުލެޓިކޯ މެޑްރިޑް މޮޅުވިޔަ ނުދީ ހިފަހަށްޓައިފި

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑާއި ސެލްޓަ ވިގޯ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ހޯމަ ދުވަހުގެ ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސެލްޓަ ވިގޯއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ ހޫގޯ މަލޯ އެތުލެޓިކޯގެ އޭރިއާގެ ތެރެއަށް ހުރަސް ކޮށްދިން ބޯޅަ ބޮލުން […]

ލިވަޕޫލް އަތުން ސިޓީއަށް ބޮޑު މޮޅެއް
Sports

ލިވަޕޫލް އަތުން ސިޓީއަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. މި މެޗު ސިޓީ ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ލިވަޕޫލް ފާހަގަ ކުރެވިފައިވަނީ އެ ޓީމްގެ އަމިއްލަ ދަނޑު ކަމުގައިވާ އެންފީލްޑްގައި ބަލިކުރަން އުނދަގޫ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ބާންލީއަތުން އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިވިފަހުން އެ ޓީމަށް އަދި އެންފީލްޑްގައި […]

ބާސާއިން ފަހަތުންއަރާ ބެޓިސް ބަލިކޮށްފި
Sports

ބާސާއިން ފަހަތުންއަރާ ބެޓިސް ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސްއާއި ބާސެލޯނާ  ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ  3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ  ބެޓިސްއިންނެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ބެޓިސްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ފޯވަޑް ބޮރާހާ އިގްލީސިއަސްއެވެ.  ފުރަތަމަ ހާފު  ނިމިގެން ގޮސްފައިވަނީ ބެޓިސް ކުރީގައި  އޮވެގެންނެވެ. ބާސާގެ ކޯޗް ރޮނާލް ކޫމަންގެ މި މެޗަށް […]

އިބްރަހިމޮވިޗް ކެރިއާގައި 500 ލަނޑު ހަމަކުރި މެޗުގައި މިލާނަށް ފަސޭހަ މޮޅެއް
Sports

އިބްރަހިމޮވިޗް ކެރިއާގައި 500 ލަނޑު ހަމަކުރި މެޗުގައި މިލާނަށް ފަސޭހަ މޮޅެއް

އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާނާއި، ތާވަލުގެ ފުލުގައި އޮތް ކޮރޮޓޯނެ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު މިލާނުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި މިލާނުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ 30 ވަނަ މިނެޓުގައެވެ. ރަފޭލް ލެއާއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މިލާނަށް ކުޅެމުން އަންނަ […]

ތިން ބައްޔަށް ފަހު ޓޮޓެންހަމްއަށް މޮޅެއް
Sports

ތިން ބައްޔަށް ފަހު ޓޮޓެންހަމްއަށް މޮޅެއް

އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމްއާއި ވެސްޓްބްރޯމް ބައްދަލުކުރި މެޗު ޓޮޓެންހަމްއިން ކާމިޔާބު ކޮށްފިއެވެ. އެންމެ ފަހުން ލީގުގައި ޓޮޓެންހަމް ކުޅުނު ތިން މެޗުން ވެސް އެ ޓީމް ބަލިވެފައިވާއިރު، އާދީއްތަ ދުވަހު ހަވީރު ވެސްޓްބްރޯމް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ ޓޮޓެންހަމްއިން ވަނީ ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ. މި މަހުގެ ފުރަތަމަ ދުވަހު ބްރައިޓަން އަތުން ޓޮޓެންހަމް ބަލިވި މެޗުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން، ހުކުރު ދުވަހުގެ ރޭ ޗެލްސީއަތުން ބަލިވި […]

ރޯމާ އަތުން މޮޅުވެ ޔުވެންޓަސް ތިން ވަނައަށް
Sports

ރޯމާ އަތުން މޮޅުވެ ޔުވެންޓަސް ތިން ވަނައަށް

އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސް އާއި ރޯމާ ބައްދަލު ކުރިމެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޔުވެންޓަސްއިން މެޗުގެ 13 ވަނަ މިނެޓުގައި ވަނީ ލަނޑުޖަހާފައެވެ. މި ލަނޑު މޮރާޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ […]

އެސްޓަން ވިލާ އަތުން ބަލިވެ އާސެނަލްއަށް އިތުރު މައްސަލަތަކެއް
Sports

އެސްޓަން ވިލާ އަތުން ބަލިވެ އާސެނަލްއަށް އިތުރު މައްސަލަތަކެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނހިރު ދުވަހު ހަވީރު އެސްޓަން ވިލާއާއި އާސެނަލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާއިން ކާމިޔާބު ކޮށްފިއެވެ. މިއީ މި ސީޒަންގައި އާސެނަލް ބަލިވި ދިހަވަނަ މެޗެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް އާސެނަލް ބަލިވެފައިވާއިރު އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހުރަސްތަކާއި ކުރިމަތިވެފައެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ […]

ތިލަދުންމަތީ ހުނަރުވެރިން: ރަންވަނަ ތަކާއިއެކު ރަޝީދު އެންމު އުހުގައި
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: ރަންވަނަ ތަކާއިއެކު ރަޝީދު އެންމު އުހުގައި

ކުރިއަށް ދިއުމަށް ހިތުގައި ޝަޢުޤުވެރިކަން އޮންނަ މަސައްކަތަކުން، ބޭނުންވާ މަންޒިލަށް ވާސިލް ވުމުގައި ދިމާވާ ހުރަސްތަކަކީ ގިނަފަހަރު މާ ބޮޑު މައްސަލައަކަށް ނުވެއެވެ. ސަބަބަކީ އެކަމަކަށް ހިތުގައި އުފެދިފައި އޮންނަ ލޯތްބެވެ. އާދަޔާއި ޚިލާފު ޝަޢުޤެވެ. އާއިލާގެ ތެރޭގައި ކޭކުއެޅުމާއި، ކެއްކުމުގެ މަސައްކަތް ކުރާތަންފެނި އެ މަސައްކަތަށް ޝަޢުޤުވެރިކަން އުފެދުނު، ހދ. ފިނޭއަށް އުފަން އަބްދުއްރަޝީދު ޢަބުދު ﷲ އަކީ، މިއަދު މުޅި ރާއްޖޭގައި ވެސް ތިބި އެންމެ ކުޅަދާނަ ކޭކުއެޅުން ތެރިންގެ ތެރެއިން އެކަކެވެ. އާންމު...

ޓޮޓެންހަމް އަތުން ޗެލްސީއަށް މުހިންމު މޮޅެއް
News

ޓޮޓެންހަމް އަތުން ޗެލްސީއަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމް އާއި ޗެލްސީ ބައްދަލު ކުރި މެޗު، ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމްގެ ދަނޑުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީން މޮޅަށް ކުޅުނު ނަމަވެސް ލަނޑު ޖަހާނެ ފުރުޞަތު ތަކެއް ހޯދިފައި ނުވެއެވެ. މުޅި މެޗުގައި ވެސް އެ ޓީމަށް ޓޮޓެންހަމްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ. މިގޮތުން […]

ސައުތެމްޓަން ކޮޅަށް ޔުނައިޓެޑުން ނުވަ ލަނޑު ޖަހައިފި
News

ސައުތެމްޓަން ކޮޅަށް ޔުނައިޓެޑުން ނުވަ ލަނޑު ޖަހައިފި

އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ސައުޓެމްޓަންގެ ކޮޅަށް ނުވަ ލަނޑު ޖަހައިފިއެވެ. އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ޕްރިމިއަ ލީގުގައި ޓީމެއް ކޮޅަށް ޔުނައިޓެޑުން 9 ލަނޑު ޖެހި ދެވަނަ ފަހަރެވެ. 1995 ވަނަ އަހަރުގެ ލީގުގައި އިޕްސްވިޗް ޓައުންއާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޔުނައިޓެޑުން ވަނީ 9 ލަނޑު ޖަހާފައެވެ. މީގެ އިތުރުން […]

ރޮނާލްޑޯގެ ދެ ލަނޑުން އިންޓަ އަތުން ޔުވެންޓަސް މޮޅުވެއްޖެ
Sports

ރޮނާލްޑޯގެ ދެ ލަނޑުން އިންޓަ އަތުން ޔުވެންޓަސް މޮޅުވެއްޖެ

އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އިންޓަރ  މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑުން ފަހަތުން އަރައި ޔުވެންޓަސް މޮޅުވެއްޖެއެވެ. އަންގާރަ ދުވހިގެ ރޭ އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު  ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އިންޓަ މިލާނުނެނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ބަރެއްލާ  ޔުވެންޓަސްގެ އޭރިއާގެ  ތެރެއަށް ހުރަސްކޮށްދިން ބޯޅަ...

މީދޫގައި "އުންމީދު ސްޕޯރޓްސް އެކެޑަމީ" ހުޅުވައިފި
Sports

މީދޫގައި "އުންމީދު ސްޕޯރޓްސް އެކެޑަމީ" ހުޅުވައިފި

ރ.މީދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އުންމީދު ޖަމްޢިއްޔާއިން އިސްނަގައިގެން އެ ރަށުގައި “އުންމީދު ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި އެކަޑަމީއެއް ހުޅުވައިފިއެވެ. ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން އުންމީދު ޖަމްޢިއްޔާގެ ޖެނެރަލް ސެކެއްޓަރީ ހަސަން ފަވާޒް ބުނެފައިވަނީ، ގިނަ ކުޅިވަރު ތަކެއް ހިމެނޭ ސްޕޯޓްސް އެކަޑަމީއެއް ރަށުގައި ހުޅުވުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރަށުގެ ކުދިންގެ މެދުގައި ކުޅިވަރުގެ ހުނަރު އިތުރު ކުރުމާއި، ކުޅިވަރުގެ ތެރެއިން އަޚުލާގު ކުރިއެރުވުމުގެ އިތުރުން ސިއްހީ ގޮތުން ރަނގަޅ...

ބިލްބާއޯ އަތުން މޮޅުވެ ޕޮއިންޓް ތާވަލުގެ ދެ ވަނައަށް ބާސާ ޖެހިލައިފި
Sports

ބިލްބާއޯ އަތުން މޮޅުވެ ޕޮއިންޓް ތާވަލުގެ ދެ ވަނައަށް ބާސާ ޖެހިލައިފި

ސްޕެނިޝް ލަލީގާގައި އެތުލެޓިކް ބިލްބާއޯއާއި ބާސެލޯނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެ ވަނައަށް ބާސެލޯނާއިން  ޖެހިލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ބާސާއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު ބާސާއަށް ކާމިޔާބު  ކޮށްދީފައިވަނީ އެ  ޓީމްގެ ކެޕްޓަން ލައިނަލް މެސީއެވެ. މެސީ މި ލަނޑު ހިލޭ ޖެހުމަކުން […]