Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފުރަތަމަ ޖާގަ ބާސެލޯނާއަށް
Sports

ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފުރަތަމަ ޖާގަ ބާސެލޯނާއަށް

ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފުރަތަމަ ޖާގަ ސެމީފައިނަލުގައި ސެވިއްޔާ ބަލިކުރުމަށްފަހު ބާސެލޯނާއިން ހޯދައިފިއެވެ. މި މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ސެވިއްޔާގެ ދަނޑުގައިއެވެ. އެ މެޗު ސެވިއްޔާއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ސެމީ ފައިނަލުގެ ދެވަނަ ލެގު ބުދަ ދުވަހުގެ ރޭ ކުޅެފައިވަނީ ބާސާގެ ދަނޑުގައެވެ. މި މެޗު ބާސާ ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބާސާއަށް […]

އަނިޔާގެ ސަބަބުން ޔުނައިޓެޑާއި ދެކޮޅަށް އިބްރަހިމޮވިޗަށް ނުކުޅެވޭނެ
Sports

އަނިޔާގެ ސަބަބުން ޔުނައިޓެޑާއި ދެކޮޅަށް އިބްރަހިމޮވިޗަށް ނުކުޅެވޭނެ

އާދީއްތަ ދުވަހުގެ ރޭ އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗުގައި މިލާންގެ ފޯވާޑް އިބްރަހިމޮވިޗްގެ ވާތުފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން، ޔޫރޮޕާ ލީގުގެ ގަދަ 16 ގައި އޭނާގެ ކުރީގެ ކުލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. މިލާން 2-1 ގެ ނަތީޖާއިން ރޯމާއަތުން މޮޅުވި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. މި އަނިޔާގެ […]

ސައުތެމްޓަން ބަލިކޮށް ގަދަ ހަތަރެއްގެ އުންމީދު އެވަޓަން އާކޮށްފި
Sports

ސައުތެމްޓަން ބަލިކޮށް ގަދަ ހަތަރެއްގެ އުންމީދު އެވަޓަން އާކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަންއާއި އެވަޓަން ބައްދަލުކުރި މެޗު، އެވަޓަންއިން ކާމިޔާބުކޮށް ގަދަ ހަތަރު ޓީމުގެ ތެރެއަށް ވަނުމަށް އެ ޓީމުން ކުރަމުން އަންނަ އުންމީދު އައުކޮށްފިއެވެ. ހޯމަދުވަހުގެ ރޭ އެވަޓަންގެ ގުޑިޝަން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެވަޓަންއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމެގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ނުވަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މިވަގުތު ރަނގަޅު ފޯމެއްގައި […]

ސޮސިއެޑާޑް ބަލިކޮށް ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފި
Sports

ސޮސިއެޑާޑް ބަލިކޮށް ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފި

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފިއެވެ. ހޯމަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ޑިފެންޑަރ ރަފޭލް ވަރާނޭ ބޮލުން ފޮނުވާލި ބޯޅަ ސޮސިއެޑާޑްގެ ގޯލުގެ ހުރަސް […]

ދިއްދޫ ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް އެހީތެރިވެދެއްވާ!
Thiladhunmathi News

ދިއްދޫ ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް އެހީތެރިވެދެއްވާ!

އެއީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހެވެ. ހއ.ދިއްދޫ، ފެހިފަތްގޭ މުހައްމަދު ފަޟީލް ވަޒީފާ އަދާކުރަމުން ދިޔައީ މީރު އައިލެންޑް ރިސޯޓުގައެވެ. ޒުވާން އުމުރުގެ ހަކަތައާއި އެކު ހެލިފެލިވެ ވަޒީފާގައި އުޅެމުން ދިޔައީ ފުރިހަމަ ސިއްހަތުގައެވެ. އެއްވެސް ބަލިމަޑުކަމެއްގެ އިހުސާސެއް ނެތިއެވެ. ނަމަވެސް އެ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ހީކަރުވައި ގައިގެ ވަރުދެރަވެ ކާތަކެތީގައި ރަހަނުލުން ފަދަ ކަންކަން ފާހަގަވާން ފެށިއެވެ. މި ކަންކަމާއި ގުޅިގެންފަޒީލް ޑޮކްޓަރަށް ދެއްކިއެވެ. ގިނަ ޓެސްޓުތަކެއް ހެދުނެވެ. ޓެސް...

އިންޓަ އަދި މިލާނަށް ވެސް މޮޅެއް
Sports

އިންޓަ އަދި މިލާނަށް ވެސް މޮޅެއް

އިޓާލިއަން ސީރިއާ އޭގައި އާދީއްތަ ދުވަހުގެ ރޭ، މި ވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އިންޓަ މިލާނުން އެ ޓީމް ކުޅުން މެޗު ކާމިޔާބު ކުރިއިރު ދެވަނާގައި އޮތް އެސީ މިލާން ވެސް އެ ޓީމް ކުޅުން މެޗު ކާމިޔާބުކޮށްފިއެވެ. އިންޓަގެ އަމިއްލަ ދަނޑުގައި ގެނޯއާއާއި ބައްދަލުކުރި މެޗު، އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިންޓައިން ވަނީ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މެޗުގެ 32 ވަނަ […]

އާސެނަލްއިން ފަހަތުން އަރާ ލެސްޓާ ބަލިކޮށްފި
Sports

އާސެނަލްއިން ފަހަތުން އަރާ ލެސްޓާ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ލެސްޓާއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން އާސެނަލްއިން މެޗު ކާމިޔާބު ކޮށްފިއެވެ. ލެސްޓާގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ބެލްޖިއަމް މިޑްފީލްޑަރ ޓެލެމަންސްއެވެ. ބައިކޮޅަށް ވަތް ލަނޑަށްފަހު މުޅި މެޗުގައި ވެސް އާސެނަލްގެ […]

ސިޓީއަށް ތޭރަ ޕޮއިންޓުގެ ލީޑެއް
Sports

ސިޓީއަށް ތޭރަ ޕޮއިންޓުގެ ލީޑެއް

ިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވެސްޓްހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތޭރަ ޕޮއިންޓްގެ ލީޑެއް މެންޗެސްޓާ ސިޓީން ހޯދައިފިއެވެ. މިއީ ޕްރިމިއާ ލީގުގައި އެ ޓީމުން ޖެހިޖެހިގެން ކާމިޔާބުކުރި 14 ވަނަ މެޗެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ވެސްޓްހަމް މައްޗަށް އެ ޓީމުން ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއިއެކު ސިޓީން ވަނީ އެ ޓީމް ހުރިހައި މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 20 […]

ވެރޯނާއާއި އެއްވަރުވެ ޔުވެންޓަސްއަށް އިތުރު ނުތަނަވަސްކަން
Sports

ވެރޯނާއާއި އެއްވަރުވެ ޔުވެންޓަސްއަށް އިތުރު ނުތަނަވަސްކަން

އިޓާލިއަން ސީރިއާ އޭގައި ވެރޯނާއާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވެ، ޖެހިޖެހިގެން ދިހަވަނަ ފަހަރަށް ލީގު ހޯދުމަށް ޔުވެންޓަސް ކުރަމުން އަންނަ މަސައްކަތައް އިތުރު ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ވެރޯނާގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ޔުވެންޓަސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އެ ޓީމުންނެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު […]

ލިވަޕޫލްގެ ކެޕްޓަން ހެންޑަސަންއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް
Sports

ލިވަޕޫލްގެ ކެޕްޓަން ހެންޑަސަންއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ފާއިތުވި ސީޒަންގައި އުފުލާލި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ. އުމުރުން 30 އަހަރުގެ ހެންޑަސަންއަށް އަނިޔާވެފައިވަނީ 20 ފެބްރުއަރީ 2021 ގައި އެވަޓަން އަތުލް 2-0 ގެ ނަތީޖާއިން ލިވަޕޫލް ބަލިވި މެޗުގެ ފުރަތަމަ ހާފުގައެވެ. ލިވަޕޫލްގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެ ކުޅުމާއި ދުރުގައި ތިބި މިވަގުތުގައި ހެންޑަސަންއަށް އަނިޔާވުމަކީ ލިވަޕޫލަށް އިތުރު ހާސްކަމާއި ކުރިމަތިވާނެ ކަމެކެވެ. މިވަގުތު...

ޔޫރަޕާ ލީގުގެ ރައުންޑް އޮފް ސިކްސްޓީންގައި މެންޗެސްޓާ ޔުނައިޓެޑާއި އޭސީ މިލާން
Sports

ޔޫރަޕާ ލީގުގެ ރައުންޑް އޮފް ސިކްސްޓީންގައި މެންޗެސްޓާ ޔުނައިޓެޑާއި އޭސީ މިލާން

ޔުއެފާ ޔޫރަޕާ ލީގުގެ ރައުނޑް އޮފް ސިކްސްޓީންގައި ޔޫރަޕްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ އޭސީ މިލާނާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރަނެ ޖެހިއްޖެއެވެ. މިލާނަށް މިހާތަނަށް ޔޫރަޕާ ލީގު ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް އެ ޓީމަކީ ޔޫރަޕްގެ އެންމެ ކާމިޔާބު އެއް ކުލަބެވެ. މި ސީޒަންގައި އިޓާލިއަން ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މިލާން މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. ޔުނައިޓެޑް ވެސް މި ސީޒަންގައި އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. […]

ނޭކުރެންދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި
Thiladhunmathi News

ނޭކުރެންދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ހދ.ނޭކުރެންދޫ މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެރަށު ކައުންސިލަށް އަންގައިފިއެވެ. ނޭކުރެންދޫ މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިރޭ 20:42 ގައި އެވެ. އެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ 22 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭ 21:33 ގައެވެ. (އެޗްޕީއޭ) އިން ނޭކުރެންދޫ މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް މޮނިޓަރިން ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު […]

ހެޔޮ އަމަލު ގިނަކުރުމަކީ ފާފަތައް ފުހެވިގެންދާނޭ ކަމެއް – ޚުތުބާ
Raajje

ހެޔޮ އަމަލު ގިނަކުރުމަކީ ފާފަތައް ފުހެވިގެންދާނޭ ކަމެއް – ޚުތުބާ

ހެޔޮ އަމަލު ގިނަކުރުމަކީ ފާފަތައް ފުހެވިގެންދާނޭ ކަމެއްކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ ކުރެވިފައިވާ ފާފަތައް ގިނަކަމުން އެއްގޮތަކަށް ވެސް މާޔޫސްވާން ނުޖެހޭ ކަމަށެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވިފައި ވީ ނަމަވެސް އިހުލާސްތެރި ތައުބާއަކުން ތައުބާވެ ހެޔޮ އަމަލު ކުރުމުން އެންމެހައި ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމުގައި އެކަލާންގެ އަންގަވާފައިވާ ކަމަށެވެ. އެ ކަލާންގެ ހޫދު ސޫރަތުގެ 114 ވަނަ އާޔަތުގައި ވަހީ ކުރައްވާފައި ވަނީ މިފަދައި...

ވޭމަންޑޫއަށް ކަރަންޓްގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ އެންމެފަހުގެ ތައްޔާރީތައް ބާރަށް ކުރިއަށް
Raajje

ވޭމަންޑޫއަށް ކަރަންޓްގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ އެންމެފަހުގެ ތައްޔާރީތައް ބާރަށް ކުރިއަށް

ތ.ވޭމަންޑޫ އިންޖީނުގޭގައި އިއްޔެ ހިނގާދިޔަ އަލިފާނުގެ ހާދިސާއަށްފަހު އެ ރަށުން މެދުކެނޑިފައިވާ ކަރަންތުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމުގައި ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. އިއްޔެގެ މެންދުރު ވަގުތުގައި ހިނގި މި ހާދިސާގައި ވޭމަންޑޫއަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ބޭނުން ކުރަމުންއައި ތިން އިންޖީނު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ ސަބަބުން މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ. މި ހާދިސާއަށްފަހު އެ ރަށުން ކަރަންޓްގެ ޚިދ...

އެޓަލާންޓާ އަތުން ރެއާލްއަށް ހަނި މޮޅެއް
Sports

އެޓަލާންޓާ އަތުން ރެއާލްއަށް ހަނި މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެޓަލާންޓާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ރެއާލް މެޑްރިޑް ކާމިޔާބު ކޮށްފިއެވެ. އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު އެޓަލާންޓާގެ މިޑްފީލްޑަރ ރެމޯ ފެރޫލާރ އަށް ރަތްކާޑު ދެއްކުމާއި ގުޅިގެން މެޗުގެ ބޮޑުބައި އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 17 ވަނަ މިނެޓުގައި ފެރޫލާރ އަށް ރަތްކާޑް ދައްކާފައިވަނީ ރެއާލްގެ […]