Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތަށް ބޮޑު ތަރުހީބެއް
Thiladhunmathi News

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތަށް ބޮޑު ތަރުހީބެއް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން  ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ވޮލީބޯޅަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި މުބާރާތަކީ ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް އަދި ޖަމްޢިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެއީ ފިރިހެން 6 ޓީމް އަދި އަންހެން 7 ޓީމެވެ. މި […]

ބަޔާން ފުރުޞަތު ބޮޑުކުރިއިރު، ލެވަންޑޯސްކީ ލަނޑު ލިސްޓުގެ ތިންވަނައަށް
Sports

ބަޔާން ފުރުޞަތު ބޮޑުކުރިއިރު، ލެވަންޑޯސްކީ ލަނޑު ލިސްޓުގެ ތިންވަނައަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އިޓަލީގެ ލާޒިއޯ ބައްދަލުކުރު މެޗު ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުޞަތު ބަޔާނުން ބޮޑު ކޮށްފިއެވެ. އިޓަލީގެ ރޯމްގައި ކުޅުނު މި މެޗު ބަޔާން ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ބަޔާނުން ރަނގަޅު ކުޅުމެއް ދެއްކި އިރު ފުރަތަމަ ހާފުގައި އެ ޓީމުންވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ ނުވަވަނަ […]

ޖިރޫޑްގެ މޮޅު ލަނޑުން އެތުލެޓިކޯ ބަލިކޮށް ޗެލްސީ ފުރުޞަތު ބޮޑުކޮށްފި
Sports

ޖިރޫޑްގެ މޮޅު ލަނޑުން އެތުލެޓިކޯ ބަލިކޮށް ޗެލްސީ ފުރުޞަތު ބޮޑުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗުގައި، ޗެލްސީގެ ފޯވާޑް އޮލިވަރ ޖިރޫޑް ކާމިޔާބުކުރި އޯވަހެޑެ ގޯލުން މޮޅުވެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުޞަތު އެ ޓީމުން ބޮޑުކޮށްފިއެވެ. ކޯވިޑް ބަލީގެ ސަބަބުން އިނގިރޭސި ވިލާތުގައި ދިރިއުޅޭ މީހުން ސްޕެއިނަށް ވަނުން މަނާކޮށްފައި އޮތުމުން އެތުލެޓިކޯގެ ހޯމް މެޗެ ކުޅެފައިވަނީ ރޮމޭނިއާގެ ވެރިރަށް ބުކަރެސްޓްގެ ނެޝަނަލް އެރީނާގައެވެ. މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. އެތުލެޓިކޯގެ ފަރާތުން...

ވެކްސިން ޖެހި މީހުންގެ އަދަދު 80000 އަށް
News

ވެކްސިން ޖެހި މީހުންގެ އަދަދު 80000 އަށް

ދިވެހިރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު އައްޑިހަ ހާހަށްވުރެ މައްޗަށް އަރައިފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން މިހާތަނަށް 80،153 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ އިނޑިއާއިން ރާއްޖެއަށް ހަދިޔާކުރި 100000 ޑޯޒް “ކޮވިޝީލްޑް” ވެކްސިނެވެ. ގްރޭޓާ މާލޭ ސަރަހައްދުގެ 10 ވެކްސިނޭޝަން ސެންޓަރަކާއި އަދި އަތޮޅުތެރޭގެ 69 ސެންޓަރު ހިމެނޭގޮތުން ޖުމްލަ 79 ސެންޓަރުގައި މިހާރު ވެކްސިން ދެމުން އަންނައިރު މިއަދު އެކަނ...

ނޭކުރެންދޫއިން ރިސޯޓަކަށްދިޔަ މީހަކު ޕޮޒިޓިވް، ރަށް މޮނީޓަރިންއަށް
Thiladhunmathi News

ނޭކުރެންދޫއިން ރިސޯޓަކަށްދިޔަ މީހަކު ޕޮޒިޓިވް، ރަށް މޮނީޓަރިންއަށް

ހދ. ނޭކުރެންދޫގައި ހުރެފައި ރިސޯޓަކަށް ދަތުރުކުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނީޓަރިންއަށް ލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަމާއި ގުޅުން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެ ރަށް މޮނީޓަރިންއަށް ލާފައިވަނީ މިރޭ 21:33 ގައެވެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން އާންމު ކޮށްފައިވާ ލިޔުމުގައި އިތުރަށް ވިދާޅުވެފައިވަނީ ނޭކުރެންދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އަދި އެޗްޕީއޭގެ...

ސިޓީ، ޔުނައިޓެޑް، ލެސްޓާ މޮޅުވިއިރު ޓޮޓެންހަމް އަދި އާސެނަލް ބަލިވެއްޖެ
Sports

ސިޓީ، ޔުނައިޓެޑް، ލެސްޓާ މޮޅުވިއިރު ޓޮޓެންހަމް އަދި އާސެނަލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެންމެ މަތީގައި މިވަގުތު އޮތް ތިން ޓީމް ކަމުގައިވާ މެންޗެސްޓާ ސިޓީއާއި، މެންޗެސްޓާ ޔުނައިޓެޑާއި އަދި ލެސްޓާ ސިޓީ އާދީއްތަ ދުވަހު ލީގުގައި ކުޅުނު މެޗުތައް ކާމިޔާބުކުރިއިރު، އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޓޮޓެންހަމްއާއި އާސެނަލް އެ ޓީމް ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ. މިވަގުތު ޕޮއިންޓްތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު، ސިޓީން ކާމިޔާބު ކޮށްފައިވަ...

ކާޑިޒްއިން ބާސާ ހިފަހައްޓައިފި
Sports

ކާޑިޒްއިން ބާސާ ހިފަހައްޓައިފި

ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި، ކާޑިޒް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ބާސާއިންވަނީ މުޅި މެޗު އެއްކޮށް ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އެ ޓީމުން މެޗުގެ 81 އިންސައްތަ ބޯލް ޕޮޒިޝަން ހިފަހައްޓައި ގިނަ ހަމަލާތަކެއް ވަނީ ކާޑިޒްގެ ގޯލަށް ފޮނުވާލާފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި […]

އޮސްޓްރޭލިއަން އޯޕަން ޖޮކޮވިޗް ކާމިޔާބު ކޮށްފި
Sports

އޮސްޓްރޭލިއަން އޯޕަން ޖޮކޮވިޗް ކާމިޔާބު ކޮށްފި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ކާމިޔާބު ކޮށްފިއެވެ. މި ވަގުތު ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ މި މުބާރާތުގައި ސީޑް ކޮށްފައި ވަނީ ވެސް އެއްވަނާގައެވެ. ފައިނަލްމެޗު ޖޮކޮވިޗް ކާމިޔާބު ކޮށްފައިވަނީ މި މުބާރާތުގެ ހަތަރު ވަނައަށް ސީޑް ކޮށްފައިވާ އުމުރުން 25 އަހަރުގެ ރަސިޔާގެ މެޑްވެޑޭވް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގައި ޖޮކޮވިޗްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ސެޓް 7-5 އިން ނިމުނު […]

އެތުލެޓިކޯ ބަލިވުމުގެ ފައިދާ ރެއާލުން ނަގައިފި
Sports

އެތުލެޓިކޯ ބަލިވުމުގެ ފައިދާ ރެއާލުން ނަގައިފި

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް އެތުލެޓިކޯ މެޑްރިޑާއި ލެވަންޓޭ ބައްދަލުކުރި މެޗުން އެތުލެޓިކޯ ބަލިވުމުގެ ފައިދާ ރެއާލް މެޑްރިޑުން ނަގައިފިއެވެ. އެތުލެޓިކޯ ބަލިވުމުން މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލުން ވަނީ ލީގުގައި ރެއާލް ވަލަޑޮލިޑް 1-0 ގެ ނަތީޖާއަކުން ބަލިކޮށް އެތުލެޓިކޯއާއި ޕޮއިންޓްގެ ގޮތުން އޮތް ފަރަގު ކުޑަކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 65 ވަނަ މިނެޓުގައި ބޮލުން ބޯޅަ […]

ޑާބީ މެޗްގައި ލިވަޕޫލް ބަލިކޮށް އެވަޓަން ތާރީޚީ މޮޅެއް ހޯދައިފި
Sports

ޑާބީ މެޗްގައި ލިވަޕޫލް ބަލިކޮށް އެވަޓަން ތާރީޚީ މޮޅެއް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، އެވަޓަން ބައްދަލުކުރި މެޗު އެވަޓަން ކާމިޔާބު ކޮށްފިއެވެ. މަސީ ސައިޑް ޑާބީގެ ގޮތުގައި މަޝްހޫރު ވެފައިވާ ލިވަޕޫލާއި އެވަޓަންގެ ކުރިމަތިލުމުގެ މި މެޗުން ލިވަޕޫލް އަމިއްލަ ދަނޑުގައި އެވަޓަން މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ފަހަކަށް އައިސް ލީގުގައި ލިވަޕޫލްގެ ފަރާތުން ފެންނަމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. މިގޮތުން އެ ޓީމުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ. މީގެކުރިން […]

ސައުތެމްޓަންއާއި ޗެލްސީ ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް
Sports

ސައުތެމްޓަންއާއި ޗެލްސީ ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ޕްރިމިއަ ލީގުގައި ހޮނިހިރު ދުވަހު ހަވީރު ސައުތެމްޓަންއާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިހެން ޗެލްސީން މޮޅަށް ކުޅުނު ނަމަވެސް ލަނޑު ޖަހާނެ މާ ގިނަ ފުރުޞަތުތަކެއް އެ ޓީމަށް ތަނަވަސް ކުރެވިފައި ނުވެއެވެ. މުޅި މެޗުގައި ވެސް ޗެލްސީއަށް ސައުޓެމްޓަންގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ތިން ހަމަލާއެވެ. މެޗުގެ ވަރަށް ކުރީކޮޅު […]

ކޯވިޑް ބަލީގައި އިތުރު ދެމީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި އިތުރު ދެމީހަކު ނިޔާވެއްޖެ

ރާއްޖެއިން ކޯވިޑް ބައްޔަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11ގައި ފަރުވާ ދެމުންދިޔަ އަންހެނަކާއި ފިރިހެނެކެވެ. މި އަންހެން މީހާ ނިޔާވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:04 ހާއިރުއެވެ. ނިޔާވި އަންހެން މި މީހާގެ އުމުރަކީ 63 އަހަރެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނިޔާވެފައި ފިރިހެން މީހާއަކީ ދިވެހިރާއްޖޭގެ ފިލްމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަސަން މަނިކު (ކޮއްޔަ ހަސަން) އެވެ. ހަސަން ނިޔާވެފައި...

ހުރިހާ ނުރައްކަލަކުން ސަލާމަތްވާން އޮތް މަގަކީ ﷲ އަށް ބިރުވެތިވުމުގެ މަގު – ޚުތުބާ
Religion

ހުރިހާ ނުރައްކަލަކުން ސަލާމަތްވާން އޮތް މަގަކީ ﷲ އަށް ބިރުވެތިވުމުގެ މަގު – ޚުތުބާ

ހުރިހާ ނުރައްކަލަކުން ސަލާމަތްވާން އޮތް މަގަކީ ﷲ އަށް ބިރުވެތިވުމުގެ މަގު ކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅު ވެއްޖެއެވެ. މިއަދު ހަލުވިކަމާއި އެކު ފެތުރެމުންދާ ވަބާގެ ސަބަބުން އިންސާނުންނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ ސަބަބުތަކުގައި ހިފުމާއިއެކު ﷲ ގެ ރަހުމަތްފުޅުން ކަމަށާއި، މާޟީގައި ﷲ ގެ ނަބިއްޔުންނާއި ރަސޫލުންނަށް ވެސް މިފަދަ އެތަކެއް ހިތްދަތި ހާދިޘާތަކާއި ކުރިމަތިވި ކަމަށާއި، ނަމަވެސް އެ ބޭކަލުން ﷲ ގެ ރަހުމަތާއި އޯގާ ވަންތަކަމުން މާޔޫސްވެ ވަޑައިގަތުމެއްނެތި...

ޕޯޓޯއިން ޔުވެންޓަސް ބަލިކޮށްފި
Sports

ޕޯޓޯއިން ޔުވެންޓަސް ބަލިކޮށްފި

ޔޫރަޕްގެ ކުލްބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕޯޗުގަލްގެ ޗެމްޕިއަން ޕޯޓޯއިން އިޓަލީގެ، ޗެމްޕިއަން ޔުވެންޓަސް ބަލި ކޮށްފިއެވެ. ފުރަތަމަ ލެގުގެ މި މެޗު ޕޯޓޯގެ އަމިއްލަ ދަނޑުގައި ކުޅެފައިވާއިރު އެ ޓީމުން މި މެޗު ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ޕޯޓޯއިން ވަނީ ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ އިރާން […]

ހާލަންޑްގެ މޮޅު ކުޅުމާއިއެކު ޑޯޓްމަންޑުން ސެވިއްޔާ ބަލިކޮށްފި
Sports

ހާލަންޑްގެ މޮޅު ކުޅުމާއިއެކު ޑޯޓްމަންޑުން ސެވިއްޔާ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ސެވިއްޔާއާއި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބައްދަލު ކުރި މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ސެވިއްޔާއިންނެވެ. މި ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސުސޯއެވެ. މި ލަނޑާއިއެކު ސެވިއްޔާއަށް ލީޑު ލިބިގެން ދިޔަ ނަމަވެސް ޑޯޓްމަންޑުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު […]