ހދ.ނޭކުރެންދޫ މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެރަށު ކައުންސިލަށް އަންގައިފިއެވެ.

ނޭކުރެންދޫ މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިރޭ 20:42 ގައި އެވެ. އެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ 22 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭ 21:33 ގައެވެ.

Ad
rt

(އެޗްޕީއޭ) އިން ނޭކުރެންދޫ މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް މޮނިޓަރިން ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.

ނޭކުރެންދޫ މޮނިޓަރިންގެ ހާލަތަށް މި މަހުގެ 22 ވަނަ ދުވަހު ގެންނަން މެދުވެރިވި ސަބަބަކީ އެ ރަށަށް ނިސްބަތްވާ މީހަކު ރިސޯޓެއްގައި ހުރުމަށްފަހު ޗުއްޓީއަށް ރަށަށް އައިސް ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ރަށުގައި ހުރުމަށްފަހު އެނބުރި ކަނޑުމަގުން ރިސޯޓަށް ގޮސް އެ ރިސޯޓުން ޓެސްޓު ކުރިކުރުމުގައި ނަތީޖާ ޕޮޒިޓިވް ކަމަށަ ދެއްކުމުންނެވެ.