Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ހދ.އަތޮޅު ވޮލީ މުބާރާތް: ސެމީގައި ނައިވާދޫއާއި ނޮޅިވަރަންފަރު އަދި ހަނިމާދޫއާއި ކުމުންދޫ
Thiladhunmathi News

ހދ.އަތޮޅު ވޮލީ މުބާރާތް: ސެމީގައި ނައިވާދޫއާއި ނޮޅިވަރަންފަރު އަދި ހަނިމާދޫއާއި ކުމުންދޫ

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޓީމް ނައިވާދޫއާއި ނޮޅިވަރަންފަރު ލައިކަން ބައްދަލުކުރަން ޖެހޭއިރު ސެމީގެ ދެވަނަ މެޗުގައި ކުމުންދޫ ސްޕޯޓްސް ކުލަބާއި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ ބައްދަލުކުރަމް ޖެހިއްޖެއެވެ. މި މުބާރާތުގެ އަންހެން ކެޓަގަރީގެ ސެމީ ފައިނަލަށް ޓީމްތައް ދަތުރު ކޮށްފައިވާ ގޮތަށް ބަލައިލާއިރު ގްރޫޕް-01 ގެ އެއްވަނަ ޓީމް ގޮތުގައި ސެމީގެ ޖާގަ ހޯދާފައިވަނީ ނޮޅިވަރަންފަރު ލައިކަންއެވެ. އެ ޓީމް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު […]

އިމަގުން އިހަވަންދޫ މަސްވެރިންނަށް ހާއްޞަ ފުޓްސަލް ޗެލެންޖެއް
Thiladhunmathi News

އިމަގުން އިހަވަންދޫ މަސްވެރިންނަށް ހާއްޞަ ފުޓްސަލް ޗެލެންޖެއް

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން އިހަވަންދޫގެ މަސްވެރިންނަށް ހާއްޞަ ކޮށްގެން ފުޓްސަލް ޗެލެންޖެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި މުބާރާތާއި ގުޅިގެން އިމަގު ޖަމްޢިއްޔާއިން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވަނީ “ބާރަނަ ޗެލެންޖް”ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވެވޭނީ ހަމައެކަނި އިހަވަންދޫ މަސްވެރި އުޅަނދުތަކުގެ ކެޔޮޅުންނާއި ފަޅު...

އެފްއޭ ކަޕުން ޔުނައިޓެޑް ކަޓައިފި، ޗެލްސީ ސެމީއަށް
Sports

އެފްއޭ ކަޕުން ޔުނައިޓެޑް ކަޓައިފި، ޗެލްސީ ސެމީއަށް

އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ކެޓިއިރު، ޗެލްސީން ވަނީ އެ ޓީމް ކުޅުނު އެފްއޭ ކަޕް ކުއާޓާ ފައިނަލްގެ މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މެންޗެސްޓާ ޔުނައިޓެޑް ކުއާޓާގައި ބަލިވެފައި ވަނީ ލެސްޓާ ސިޓީއާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވުމުން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ލެސްޓާއަށް ވެސް ވަނީ ލިބިގެން ގޮސްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ […]

ބެނެވެންޓޯ އަތުން ބަލިވެ ޔުވެންޓަސްއަށް ނުތަނަވަސްކަން
Raajje

ބެނެވެންޓޯ އަތުން ބަލިވެ ޔުވެންޓަސްއަށް ނުތަނަވަސްކަން

އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސްއާއި ބެނެވެންޓޯ ބައްދަލުކުރި މެޗުން ޔުވެންޓަސް ބަލިވެ، ޖެހިޖެހިގެން ދިހަވަނަ ފަހަރަށް ލީގު ހޯދުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބެނެވެންޓޯ އިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޔުވެންޓަސްއިން ވަނީ މޮޅު ކުޅުމެއް ދައްކާ، ބެނެވެންޓޯގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ. މި ގޮތުން ފުރަތަމަ […]

ސެލްޓަ ވީގޯ އަތުން ރެއާލް މޮޅުވެއްޖެ
Sports

ސެލްޓަ ވީގޯ އަތުން ރެއާލް މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ސެލްޓަގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ރެއާލުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޓޯނީ ކްރޫސްގެ އެހީތެރިކަމާއިއެކު މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ރެއާލްގެ ފޯވާޑް […]

ތިލަދުންމަތީ ހުނަރުވެރިން: މަގުބޫލް ވާހަކަ ލިޔުންތެރިޔާ ޔަޝްފާ!
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: މަގުބޫލް ވާހަކަ ލިޔުންތެރިޔާ ޔަޝްފާ!

މިއީ ކިޔުންތެރިންގެ މަގުބޫލް ވާހަކަ ލިޔުންތެރިޔާ ހދ. މަކުނުދޫއަށް އުފަން ޔަޝްފާ އަބްދުލް ޣަނީގެ ވާހަކައެވެ. ތަޢުލީމް ހާސިލްކުރި ދުވަސްވަރު ސްކޫލުގައި ނުވަތަ ކުލާހުގައި އަދަބިއްޔާތާއި ގުޅުންހުރި ކަމެއްގައިނަމަ އަބަދުވެސް އެންމެ ކުރީގައި ހުންނާނީ ޔަޝްއެވެ. ޔަޝްގެ ހިތުގައި ދިވެހި ބަހަށް ދެވިފައި އޮންނަނީ ހާއްސަ ލޯތްބެކެވެ. ޅެން ހެދުމާއި، މަޒުމޫނު ލިޔުމާއި ޚަބަރު ލިޔުމުގެ އިތުރުން ވާހަކަ ލިޔުމަކީ ޔަޝްގެ ޤަލަން ވަރަށް ފަރިތަ ކަންކަމެވެ. ބަހުސް ކުރުމާއި ރައިވަރު ކިޔުންފަދަ ކަންކަމަކީ ޔަޝް ވަރަށް […]

ޗެމްޕިއަންސް ލީގު: ރެއާލް އަދި ސިޓީ ކުއާޓާއަށް
Sports

ޗެމްޕިއަންސް ލީގު: ރެއާލް އަދި ސިޓީ ކުއާޓާއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށް ސްޕެއިންގެ ރެއާލް މެޑްރިޑާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީން، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރެއާލް ކުއާޓާގެ ޖާގަ ހޯދާފައިވަނީ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީގެ އެތުލާންޓާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމް އެތުލާންޓާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކޮށްފައިވަނީ ރެއާލުންނެވެ. ރެއާލްގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ރެއާލް […]

އިންގްލެންޑް ކީޕަރ ޕިކްފޯޑަށް އަނިޔާވެ ކޮލިފައިން މެޗުތަކުގައި ނުކުޅެވޭނެ
Sports

އިންގްލެންޑް ކީޕަރ ޕިކްފޯޑަށް އަނިޔާވެ ކޮލިފައިން މެޗުތަކުގައި ނުކުޅެވޭނެ

އެވަޓަންއަށް ކުޅެމުން އަންނަ އިންގްލެންޑްގެ އެއް ނަމްބަރު ގޯލްކީޕަރ ޖޯޑަން ޕިކްފޯޑަށް އަނިޔާވެ، މާޗްމަހު ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ. އެވަޓަންއަށް ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ޕިކްފޯޑަށް އަނިޔާވެފައިވަނީ، މިދިޔަ ހޮނހިރު ދުވަހު ޕްރިމިއާ ލީގުގައި ބާންލީ އަތުން އެވަޓަން ބަލިވި މެޗުގައެވެ. އެ މެޗުގައި ޕިކްފޯޑުގެ ބަނޑުގެ ކަނާއަތްފަރާތުގެ މަސްތަކަށް އަނިޔާވެފައިވަނީ މެޗުގެ ފުރަތަމަ ހާފުގައި ބާންލީގެ މިޑްފީލްޑަރ ގުޑްމަންސަން ފޮނުވާ...

ޒަވީގެ ރެކޯޑާއި މެސީ އަރާ ހަމަކޮށްފި
Sports

ޒަވީގެ ރެކޯޑާއި މެސީ އަރާ ހަމަކޮށްފި

ސްޕެނިޝް ލަލީގާގައި ހޯމަ ދުވަހުގެ ރޭ ބާސެލޯނާއާއި ހުއެސްކާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މޮޅުކުޅުމެއް ދައްކައި މެޗުގައި ބާސާއަށް ދެ ލަނޑު ޖަހައިދިން އެ ޓީމްގެ ކެޕްޓަން މެސީއަށް މިއީ ވަރަށް ހާއްސަ މެޗެކެވެ. މިއީ ބާސެލޯނާގެ ޖޯޒީގައި މެސީ ކުޅުނު 767 ވަނަ މެޗެވެ. މި އަދަދަށް ބާސާއަށް މެޗު […]

ވުލްވްސް އަތުން ލިވަޕޫލް މޮޅުވެއްޖެ
Sports

ވުލްވްސް އަތުން ލިވަޕޫލް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ވުލްވެސް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ހޯމަދުވަހުގެ ރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް ވަނީ އިދިކޮޅު ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން ވުލްވްސް އިން ލިވަޕޫލުގެ ގޯލާއި އަމާޒުކޮށް ފަސް ހަމަލާއެއް ފޮނުވާލިއިރު، ލިވަޕޫލުން ވަނީ ވުލްވްސްގެ […]

އާސެނަލް، ލެސްޓާ އަދި ޔުނައިޓެޑަށް ވެސް މޮޅެއް
Sports

އާސެނަލް، ލެސްޓާ އަދި ޔުނައިޓެޑަށް ވެސް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ އާސެނަލްއާއި ލެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗުތައް އެ ޓީމްތަކުން ކާމިޔާބު ކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ޓޮޓެންހަމްގެ މައްޗަށް އެ ޓީމުން ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ދިޔަ ނަމަވެސް، މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ޓޮޓެންހަމްއިންނެވެ. މި ލަނޑު ޓޮޓެންހަމްއަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް ސޮންއަށް ލިބުނު […]

ކަލިއާރީކޮޅަށް ހެޓްރިކްހަދައި ޕެލޭގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފި
Sports

ކަލިއާރީކޮޅަށް ހެޓްރިކްހަދައި ޕެލޭގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފި

އިޓާލިއަން ސީރިއާ އޭގައި ކަލިއާރީއާއި ޔުވެންޓަސް ބައްދަލުކުރި މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯހެދި ހެޓްރިކާއިއެކު، ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ރަސްމީ މެޗުތަކުގައި ޖަހާފައިވާ ލަނޑުގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ކަލިއާރީގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ރަސްމީ މެޗުތަކުގައި ޕެލޭ ޖަހާފައިވާ ލަނޑުގެ އަދަދަކީ 767 ލަނޑެވެ. ކަލިއާރީކޮޅަށް މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯހެދި ހެޓްރިކާއިއެކު، ރޮނާލްޑޯ...

އެތުލެޓިކޯ އެއްވަރުވިއިރު، ރެއާލް މޮޅުވެއްޖެ
Sports

އެތުލެޓިކޯ އެއްވަރުވިއިރު، ރެއާލް މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، ވާދަވެރި ރެއާލް މެޑްރިޑް އެ ޓީމް ކުޅުނު މެޗުން މޮޅުވެއްޖެއެވެ. ހޮނހިރު ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރު ވެފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގެޓާފޭގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މި މެޗުގައި އެ ޓީމަށް މައްސަލަ ކުރިމަތިވީ ދެވަނަ ހާފުގެ 70 […]

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތް ފަށައިފި
Thiladhunmathi News

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތް ފަށައިފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޮލީ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ފަށާފައިވަނީ 12 މާޗް 2021 ވީ ހުކުރު ދުވަހު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ. މުބާރާތް ފެށުމުގެ ގޮތުން ކުޅެފައިވަނީ އަންހެން ކެޓަގަރީގެ މެޗެކެވެ. މި މެޗުގައި ބައްދަލު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއާއި ހިރިމަރަދޫ ހިރިޒިލްއެވެ. މި މެޗު ފަސޭހަކަމާއިއެކު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއެވެ. ލައިކަން ސެޓްތައް ގެންގޮސްފައިވަނީ...

ސީއެސްސީ އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި
Raajje

ސީއެސްސީ އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އެކޮމިޝަނުން އިލްތިމާސްކޮށްފި އެވެ. ދިޔަރެސް ނޫހުގައި 09 މާޗް 2021 ގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެކްޓިން ޕީ.އެސް ސާމީ އަޤީލްއާއި ގުޅުވައި، ސިވިލް ސާވިސް ކޮމިޝަންއާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަ ތަކާއިގުޅޭގޮތުން ސީއެސްސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއް ކަމުގައެވެ. ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ މި ޚަބަރުގައި ބުނެފައިވަނީ ސާމީއަށް ތުހުމަތު ކުރެވޭ ގިނ...