ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޓީމް ނައިވާދޫއާއި ނޮޅިވަރަންފަރު ލައިކަން ބައްދަލުކުރަން ޖެހޭއިރު ސެމީގެ ދެވަނަ މެޗުގައި ކުމުންދޫ ސްޕޯޓްސް ކުލަބާއި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ ބައްދަލުކުރަމް ޖެހިއްޖެއެވެ.

މި މުބާރާތުގެ އަންހެން ކެޓަގަރީގެ ސެމީ ފައިނަލަށް ޓީމްތައް ދަތުރު ކޮށްފައިވާ ގޮތަށް ބަލައިލާއިރު ގްރޫޕް-01 ގެ އެއްވަނަ ޓީމް ގޮތުގައި ސެމީގެ ޖާގަ ހޯދާފައިވަނީ ނޮޅިވަރަންފަރު ލައިކަންއެވެ. އެ ޓީމް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ކާމިޔާބުކޮށް 8 ޕޮއިންޓް ވަނީ ހޯދާފައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވި ނަމަވެސް ދެ މެޗު ކާމިޔާބުކޮށް ލިބުނު 7 ޕޮއިންޓާއިއެކު މި ގްރޫޕުގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީގެ ޖާގަ ހޯދާފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިންނެވެ.

Ad
rt

ގްރޫޕް-02 ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދާފައިވަނީ ކުމުންދޫ ސްޕޯޓްސް ކުލަބެވެ. އެ ޓީމުން ސެމީން ޖާގަ ހޯދާފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް 11 ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދާފައިވަނީ ނައިވާދޫ ޓީމެވެ. އެ ޓީމް ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ވަނީ ކާމިޔާބު ކޮށްފައެވެ. އެ ޓީމަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ސެމީގެ ފުރަތަމަ މެޗުގައި 25 މާޗް 2021 ވާ ބުރާސްފަތި ދުވަހު ހަވީރު ބައްދަލު ކުރާނީ ގްރޫޕް-01 ގެ އެއްވަނަ ޓީމް ނޮޅިވަރަންފަރު ލައިކަންއާއި ގްރޫޕް-02 ގެ ދެވަނަ ޓީމްކަމުގައިވާ ޓީމް ނައިވާދޫއެވެ.

WOMEN’S SEMI-FINAL 1

Posted by Hdh. Atoll Council on Thursday, March 25, 2021

ސެމީގެ ދެވަނަ މެޗުގައި 26 މާޗް 2021 ވާ ހުކުރު ދުވަހު ހަވީރު ބައްދަލު ކުރާނީ ގްރޫޕް-01 ގެ ދެވަނަ ޓީމް ކަމުގައިވާ ހަނިމާދޫ ޒުވާނުންގެ ޖަމައްޢިއްޔާ އާއި ގްރޫޕް-02 ގެ އެއްވަނަ ޓީމް ކަމުގައިވާ ކުމުންދޫ ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 28 މާޗް 2021 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:15 ގައެވެ.