Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

މަރްޙޫމް އިމްރާންގެ ނަމުގައި ނޮޅިވަރަމްގެ 2 މުއައްސަސާއަކަށް އެހީތެރިވެއްޖެ
Thiladhunmathi News

މަރްޙޫމް އިމްރާންގެ ނަމުގައި ނޮޅިވަރަމްގެ 2 މުއައްސަސާއަކަށް އެހީތެރިވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި ކެރޭން ބޭނުން ކޮށްގެން ކާޕެޓް ރޯލުތަކެއް ދޯންޏަކަށް އެރުވުމުގެ މަސައްކަތުގެ ތެރެއިން ކާޕެޓްރޯލެއް ގައިމައްޗަށް ވެއްޓި، ލިބުނު އަނިޔާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، ގެ ނަމުގައި އެ އާއިލާއިން ނޮޅިވަރަމްގެ ދެ މުއައްސަސާއަކަށް އެހީތެރިވެއްޖެއެވެ. މިގޮތުން އިމްރާންގެ ޢާއިލާއިން، އެ މަރްޙޫމްގެ ނަމުގައި 55 އިންޗީގެ 6 ޓީވީ ނޮޅިވަރަން ސްކޫލަށް ވަނީ ހަދިޔާ ކޮށްފައެވެ. ސްކޫލްގެ ފަރާތުން މި ޓީވީތަކާއި [...

ބްރައިޓަން އަތުން މޮޅުވެ ދެވަނާގައި ޔުނައިޓެޑަށް ހަމަޖެހުމެއް
Sports

ބްރައިޓަން އަތުން މޮޅުވެ ދެވަނާގައި ޔުނައިޓެޑަށް ހަމަޖެހުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗު ބްރައިޓަންއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗު ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއިއެކު ތާވަލުގެ ދެވަނާގައި އެ ޓީމަށް ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ޔުނައިޓްޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޔުނައިޓެޑުން 58 އިންސައްތަ ބޯލްޕޮޒިޝަން ހިފަހައްޓާފައިވާއިރު އެ ޓީމުން ވަނީ […]

ވޯޓު ލާންވީ ތިލަފަތަށް؟ ރުކަށް؟ އެންމެ ޤާބިލް މީހާއަށް!
Column

ވޯޓު ލާންވީ ތިލަފަތަށް؟ ރުކަށް؟ އެންމެ ޤާބިލް މީހާއަށް!

ޕާޓީ ފިކުރުގައި ހައްދުފަހަނަ އެޅުމަކީ މި ޤައުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. ދިވެހިންގެ ދީނީ ފިކުރާއި، ޤައުމީ ފިކުރަށްވުރެ ވެސް މިހާރު ޕާޓީގެ ފިކުރު ބޮޑެވެ. ފެންނަމުން އަންނަނީ ބޮޑުވަމުން އަންނަ މަންޒަރެވެ. މި ވާހަކަ އަނެއްކާ ވެސް މި ދައްކަން ޖެހެނީ އިންތިހާބެއް ބޯމަތިވެގެން އަންނަ ވަގުތަކަށް ވާތީއެވެ. އަތޮޅާއި ރަށް 5 އަހަރުގެ މުއްދަތަށް އަނެއްކާ ވެސް ހިންގާނެ ބަޔަކު އިސްކުރުމަށް ރައްޔިތުންނަށް ފުރުޞަތު ލިބިގެންދާ ވަގުތަކަށް […]

ތިލަދުންމަތީ ހުނަރުވެރިން: ތަކަންދޫ އިން އުފަންވި މަޝްހޫރު ޕްރެޒެންޓަ އަދި ކުޅަދާނަ ނޫސްވެރިޔާ!
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: ތަކަންދޫ އިން އުފަންވި މަޝްހޫރު ޕްރެޒެންޓަ އަދި ކުޅަދާނަ ނޫސްވެރިޔާ!

މިއީ ތިލަދުންމަތީ އުތުރުބުރީ ހއ.ތަކަންދޫ، ވެޔޮދަށުގެ އަޙްމަދު ހަމީދު އާދަމެވެ. މަޝްހޫރު ޕްރެޒެންޓަރެކެވެ. ކުޅަދާނަ ނޫސްވެރިޔެކެވެ. ބަޔާން ކުރެވިދިޔަ ދާއިރާތަކުން މިހާރު ރާއްޖޭގެ އެންމެން ދަންނަ ފަރިތަ ނަމެކެވެ. ހަމީދު މިއަދު ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވީ ނަމަވެސް، އެ މަޤުބޫލްކަމާއި ހިސާބަށް ވާޞިލްވުމުގައި ކަޑަތު ކޮށްފައިވާ އުނދަގޫ މަރުހަލާތަކަކީ މުހިންމު ވާހަކަތަކެކެވެ. ހަމީދު އެންމެ ފުރަތަމަ ތަޢުލީމް ހާސިލް ކޮށްފައިވަނީ އުފަން ރަށުގައެވެ. ހއ.ތަކަންދޫ މަދަރުސަތުލް ޝަހީދު އަލީ ތަކުރުފާނު ސ...

ޒެޑްއެޗް ކޮންސްޓްރަކްޝަން ހިރަފުސް އިންޓަ-އޮފީސް ފުޓްސަލް ޗެލެންޖެގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޯޓްއަށް
Thiladhunmathi News

ޒެޑްއެޗް ކޮންސްޓްރަކްޝަން ހިރަފުސް އިންޓަ-އޮފީސް ފުޓްސަލް ޗެލެންޖެގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޯޓްއަށް

ކުޅުދުއްފުށީ ހިރަފުސް ޓީމްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުޅުވާލައިގެން ” ޒެޑްއެޗް ކޮންޓްރަކްޝަން ހިރަފުސް އިންޓަ-އޮފީސް ފުޓްސަލް ޗެލެންޖް 2021″ ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 01 އޭޕްރިލް 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށި ޓާފް ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ޕޯޓް ޓީމުން ހޯދާފ...

ކުމުންދޫގެ ދުރު ރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙްކޮށްފި
Thiladhunmathi News

ކުމުންދޫގެ ދުރު ރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙްކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުގެ އިދާރާއިން އެ ރަށުގެ ދުރު ރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙް ކޮށްފިއެވެ. ކުމުންދޫ ކައުންސިލުގެ ދުރުރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙް ކޮށްފައިވަނީ 30 މާޗް 2021 ވީ އަންގާރަ ދުވަހުގެ ރޭ 20:45 ގައި އެރަށު ސްޓޭޖް ސަރަހައްދުގެ، އެ ކައުންސިލުން މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގެ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ކުމުންދޫއަށާއި އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ އަލްފާޟިލް ސައީދު އަހުމަދެވެ....

އަގުއެރޯ، ސިޓީ ދޫކޮށްލަނީ
Sports

އަގުއެރޯ، ސިޓީ ދޫކޮށްލަނީ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ މި ސީޒަންފަހު ސިޓީ ދޫކޮށްލަން ނިންމައިފިއެވެ. 2011 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑުން ސިޓީއަށް ބަދަލުވި އަގުއެރޯ ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ދިހަަ އަހަރަށް ފަހު އަގުއެރޯ ސިޓީ ދޫކޮށްލަން ނިންމާފައިވާއިރު، އޭނާވަނީ ސިޓީއަށް ކުޅެދިން 384 މެޗުގައި އެ ޓީމަށް 257 ލަނޑު ޖަހައި، އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. އަގުއެރޯގެ […]

ޖޯޖިއާ އަތުން ސްޕެއިން ކިރިޔާ ސަލާމަތްވިއިރު، ޖަރުމަނަށް ވެސް ހަނި މޮޅެއް
Sports

ޖޯޖިއާ އަތުން ސްޕެއިން ކިރިޔާ ސަލާމަތްވިއިރު، ޖަރުމަނަށް ވެސް ހަނި މޮޅެއް

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އާދީއްތަ ދުވަހުގެ ރޭ ސްޕެއިންއާއި ޖޯޖިއާ ބައްދަލުކުރި މެޗުން ސްޕެއިން ފަހުވަގުތު މޮޅުވިއިރު، ޖަރުމަނާއި ރޮމޭނިއާ ބައްދަލުކުރި މެޗުން ޖަރުމަނު މޮޅުވެއްޖެއެވެ. ޖޯޖިއާގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލަނޑުޖަހައި ޖޯޖިއާއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ  ކްވާރަޓްސްހީލިއާއެވެ. މެޗުގެ ދެވަނަ ހާފު ސްޕެއިނުން ފަށާފައިވަނީ އެއް ލަނޑުން […]

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ވެސް ނޮޅިވަރަންފަރު ހޯދައިފި
News

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ވެސް ނޮޅިވަރަންފަރު ހޯދައިފި

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ސްޕޯޓަސް ކުލަބް ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު 28 މާޗް 2021 ވީ އާދީއްތަ ދުވަހު ރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ހޯދާފައިވަނީ ފައިނަލުގައި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ސީދާ ތިންސެޓުން ބަލިކުރުމަށް ފަހުގައެވެ. މުޅި މެޗުގައި ވެސް ނޮޅިވަރަންފަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ސެޓުތައް އެ […]

ހދ.އަތޮޅު ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން
Thiladhunmathi News

ހދ.އަތޮޅު ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 28 މާޗް 2021 ވީ އާދީއްތަ ދުވަހު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ.  މުބާރާތުގެ ޗެމްޕިއަންކަން  ލައިކަން ހޯދާފައިވަނީ ފައިނަލުގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ވޮލީ ޓީމް ސީދާ ތިންސެޓުން ބަލިކުރުމަށް ފަހުގައެވެ. މުޅި މެޗުގައި ވެސް ލައިކަންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ސެޓުތައް ލައިކަން ގެންގޮސްފައިވަނީ (25/21، 25/12، […]

ނެދަލެންޑާއި ކޮރޭޝިއާ މޮޅުވިއިރު ޕޯޗުގަލްއާއި ބެލްޖިއަމް އެއްވަރު
Sports

ނެދަލެންޑާއި ކޮރޭޝިއާ މޮޅުވިއިރު ޕޯޗުގަލްއާއި ބެލްޖިއަމް އެއްވަރު

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލެންޑާއި ކޮރޭޝިއާ ކުޅުނު މެޗުތައް އެ ޓީމްތަކުން ކާމިޔާބު ކުރިއިރު ޕޯޗުގަލްއާއި ބެލްޖިއަމް ކުޅުނު މެޗުތައް އެއްވަރު ވެއްޖެއެވެ. ހޮނހިރު ދުވަހުގެ ރޭ ގްރޫޕް ޖީގައި ނެދަލެންޑާއި ލެޓްވިއާ ބައްދަލުކުރި މެޗު ނެދަލެންޑުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ނެދަލެންޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސްޓީވެން ބާހިއުސްއެވެ. މި މެޗުގައި އެ […]

ހދ.އަތޮޅު ވޮލީ މުބާރާތުގެ ފައިނަލުގައި ނޮޅިވަރަންފަރާއި ހަނިމާދޫ
Sports

ހދ.އަތޮޅު ވޮލީ މުބާރާތުގެ ފައިނަލުގައި ނޮޅިވަރަންފަރާއި ހަނިމާދޫ

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށު ކައުންސިލުތަކާއި ކުލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށް ރާވާލެވިފައިވާ ފިރިހެން ކެޓަގަރީގެ ފ...

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލުގައި ހަނިމާދޫއާއި ނޮޅިވަރަންފަރު
Thiladhunmathi News

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލުގައި ހަނިމާދޫއާއި ނޮޅިވަރަންފަރު

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށު ކައުންސިލުތަކާއި ކުލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލަށް ނޮޅިވަރަންފަރު ލައިކަންއާއި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 25 މާޗް 2021 ވީ ބުރާސްފަތި ދުވަހު ބައްދަލު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއާއި ޓީމް ނައިވާދޫއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ނޮޅިވަރަންފަރު ޓ...

ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދިއްދޫގައި ހާއްސަ ހަރަކާތެއް
Thiladhunmathi News

ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދިއްދޫގައި ހާއްސަ ހަރަކާތެއް

ހއ. ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ހާއްސަ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ. މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި “ހެލްޕް ފަޟީލް ފޯ ކިޑްނީ ޓްރާންސްޕްލާންޓް” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ 01 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހާއި […]

މަސްދަތުރު ދާން ބޭނުންނަމަ މަސްދަތުރު ޑޮޓްކޮމް!
Business

މަސްދަތުރު ދާން ބޭނުންނަމަ މަސްދަތުރު ޑޮޓްކޮމް!

މަސްދަތުރެއް ދާން ބޭނުންވާ ކޮންމެ ފަހަރަކު އެ ދަތުރަކަށް އެކަށޭނަ އުޅަނދެއް ހޯދުމަށް ބަނދަރުމަތީ ހިނގުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ރާވާލެވޭ ދަތުރަށް ބޭނުންވާ އެންމެ އެކަށޭނަ ޚިދުމަތްތައް ލިބެންހުރީ ކޮން އުޅަނދެއްގައިތޯ ބެލުމަށް އުޅަނދުތަކަށް އަރައި އެކަންކަން އޮޅުން ފިލުވުމަކީ ވަރަށް ބޮޑު ތަކްލީފެކެވެ. މިހާރު މި އުޅެމުންދާ ބިޒީ ލައިފްގައި އެއީ އެކަން ކުރެވޭނެ ވެސް ގޮތެއް ނޫނެވެ. ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމުގެ ތެރެއަށް ލިބިގެންދިޔަ ފަސޭހަކަމުގެ ތެރެއިން މިކަން ވެސް މިވަނީ ފަސޭހަ […]