ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ސްޕޯޓަސް ކުލަބް ހޯދައިފިއެވެ.
މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު 28 މާޗް 2021 ވީ އާދީއްތަ ދުވަހު ރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ހޯދާފައިވަނީ ފައިނަލުގައި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ސީދާ ތިންސެޓުން ބަލިކުރުމަށް ފަހުގައެވެ.
މުޅި މެޗުގައި ވެސް ނޮޅިވަރަންފަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ސެޓުތައް އެ ޓީމް ގެންގޮސްފައިވަނީ (25/13، 25/14، 25/14) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުގެ ޖޯޒީ ނަމްބަރު 11 އަޙްމަދު ސައިފުﷲއެވެ.
ފައިނަލު މެޗު ނިމުމުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި މެޑަލް ވަނީ ހަވާލުކޮށްފައެވެ.
ރަނަރަޕް ޓީމުގެ މަގާމު ހޯދި ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން:
- އަލީ ހުޒާމް – ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް
- ހުސެއިން ނިލާމް – ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް
- އާދަމް ނަސީމް – ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް
- އަޙްމަދު ރަޝީދު – ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް
- ހުސެއިން ޔޫސުފް – ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް
- އަޙްމަދު ސައިފުﷲ – ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ވައިކަރަދޫ ވޮލީ ޓީމް ހޮވިފައިވާއިރު މުބާރާތު ގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ހަނިމާދޫ ސާއްބަ އެކުވެރި ކުލަބެވެ.
މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީވެސް ނޮޅިވަރަންފަރެވެ. ފައިނަލް މެޗްގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ވޮލީ ޓީމް ސީދާ ތިންސެޓުން ބަލިކޮށް، ތަށި އުފުލާލީ ނޮޅިވަރަންފަރު ލައިކަން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!