Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ނަޕޯލީ މޮޅުވެ މިލާން އެއްވަރު، ގަދަ ހަތަރެއް ކަނޑައެޅުން ފަހު ދުވަހު
Sports

ނަޕޯލީ މޮޅުވެ މިލާން އެއްވަރު، ގަދަ ހަތަރެއް ކަނޑައެޅުން ފަހު ދުވަހު

އިޓާލިއަން ސީރިއާ އޭގައި އާދީއްތަ ދުވަހުގެ ރޭ ނަޕޯލީއާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ނަޕޯލީން ކާމިޔާބުކުރިއިރު އޭސީ މިލާނާއި ކަލިއާރީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ލީގުގެ ކޮންމެ ޓީމަކަށް ބާކީ އެއްމެޗު އޮތްއިރު ގަދަހަތަރެއްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މިހާތަނަށް ގަދަ ހަތަރެއްގެ ޖާގަ އިންޓަ މިލާނާއި އެތުލާންޓާއަށް ކަށަވަރު ވެފައިވާއިރު، ފަހު ދެ ޖާގައަށް ވާދަކުރާ ނަޕޯލީ، މިލާން އަދި ޔުވެންޓަސްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މިވަގުތު ލީގުގެ ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު...

ރެއާލް އުންމީދު ދެމެހެއްޓިއިރު އެތުލެޓިކޯއަށް ބާކީ ނުވަދިހަ މިނެޓް
Sports

ރެއާލް އުންމީދު ދެމެހެއްޓިއިރު އެތުލެޓިކޯއަށް ބާކީ ނުވަދިހަ މިނެޓް

ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށް ލީގު ހޯދުމުގެ އުންމީދު ދެމެހެއްޓިއިރު، މިވަގުތު ތާވަލުގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑުން އޮސަސޫނާ ބަލިކޮށް ތިން ޕޮއިންޓް ހޯދައި މި އަހަރުގެ ލީގު ކާމިޔާބު ކުރުމާއި ވަރަށް ގާތަށް ޖެހިލައިފިއެވެ. ލީގުގައި ކޮންމެ ޓީމަކަށް އެއްމެޗު ބާކީ އޮތްއިރު، އަންނަ އާދީއްތަ ދުވަހުގެ ރޭ ފަހު މެޗުގައި އެތުލެޓިކޯ ނުކުންނާނީ މިވަގުތު ރެލިގޭޝަން ޒޯނުގައި އޮތް ރެއާލް […]

ތިލަދުންމަތީ ހުނަރުވެރިން: ނޮޅިވަރަމަށް އުފަން އުންމީދީ ގޯލްކީޕަރު އިޔާން!
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: ނޮޅިވަރަމަށް އުފަން އުންމީދީ ގޯލްކީޕަރު އިޔާން!

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ އަދަދެއްގެ ހުނަރުވެރި ޒުވާނުން އުޅެމުން އަންނަ ރަށެކެވެ. އެ ހުނަރު އަތޮޅު ފެންވަރުގައި ބޭއްވޭ ގިނަ މުބާރާތްތަކުން ފެނިގެން ދެއެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއިހުރެ ރާއްޖޭގެ އެންމެ މަތީފަންތީގައި އެ ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބިފައިވަނީ ނިސްބަތުން މަދު ކުޅުންތެރިއަކަށެވެ. މިހާރު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ގޯލް ބަލަހައްޓަމުން އަންނަ ހދ. ނޮޅިވަރަމަށް އުފަން އިޔާން އަބްދުލް އަލީމް (ޗިކީ) އަކީ ފުޓްބޯޅައި...

ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓާ ހޯދައިފި
Sports

ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓާ ހޯދައިފި

އިނގިރޭސި އެފްއޭ ކަޕް ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއިން ވަރުގަދަ ޗެލްސީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ލެސްޓާ ސިޓީން ހޯދައިފިއެވެ. ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ދަނޑުތަކަށް ސަޕޯޓަރުން ވެއްދުން މެދުކަނޑާލާފައި އޮތްނަމަވެސް މި މެޗަށް އިނގިރޭސި އެފްއޭއިން ވަނީ 21000 ސަޕޯޓަރުންނަށް ފުރުޞަތު ދީފައެވެ. މި މެޗުން ޗެލްސީ ލެސްޓާއަތުން ބަލިވެފައިވާއިރު ފާއިތުވި ސީޒަންގެ އެފްއޭކަޕް ފައިނަލް މެޗުގައި ޗެލްސީ ބަލިވެފައިވަނީ އާސެނަލް އަތުންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި...

ތިލަދުންމައްޗަށް މޫސުން ގޯސްވެ ފުލައިޓް ޝެޑިއުލަށް ވެސް ބުރޫއަރައިފި
Raajje

ތިލަދުންމައްޗަށް މޫސުން ގޯސްވެ ފުލައިޓް ޝެޑިއުލަށް ވެސް ބުރޫއަރައިފި

ތިލަދުންމައްޗަށް މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން އުތުރުގެ ބައެއް އެއާޕޯޓްތަކުގެ ފުލައިޓް ޝެޑިއުލަށް ވެސް ބުރޫއަރައިފިއެވެ. މިއަދު ކުރިވިއްސާރާގައި ވައިގަދަވެ ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލްގެ ފުރާމީހުންގެ ދޮރާށި ވެއްޓި ގެއްލުންތަކެއް ވުމާއި ގުޅިގެން އެ އެއާޕޯޓަށް މޯލްޑިވިއަނުން ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިއަދު ވަނީ ކެންސަލް ކޮށްލާފައެވެ. މީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދުގެ 14:30 ގައި ޖެއްސުމަށް ހަމަޖެހިފައިވާ ފުލައިޓް އެވަގުތު މޫސުން ގޯސްވުމާއި ގުޅިގެން ނުޖެއްސި...

ތަފާތު ތިން ކުލަބަށް 100 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއަކަށް ރޮނާލްޑޯ
Sports

ތަފާތު ތިން ކުލަބަށް 100 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއަކަށް ރޮނާލްޑޯ

ތަފާތު ތިން ޤައުމެއްގެ ތަފާތު ތިން ކުލަބަށް 100 ލަނޑު ޖެހި ފުރަތަނަ ކުޅުންތެރިއާގެ މަޤާމް ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ. ދުނިޔެދުއް އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯއަކީ އާދަޔާ ކިލާފަށް ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. މިގޮތުން ޔޫރަޕްގެ އެންމެ މަތީފަންތީގެ ތިން ޤައުމެއްގެ ތިން ކުލަބަކަށް ރޮނާލްޑޯ ވަނީ ކުޅެފައެވެ. އެ ކުލަބް ތަކަކީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި، ސްޕެއިންގެ ރެއާލް މެޑްރިޑްގެ އިތުރުން މިހާރު އޭނާ ކުޅެމުން […]

ޢީދުގެ ހަނދާނުގެ ތެރެއިން ބުޑު ރޯކުރުން
Column

ޢީދުގެ ހަނދާނުގެ ތެރެއިން ބުޑު ރޯކުރުން

ރަމަޟާން މަސް ނިމުމާއި ގުޅިގެން މި އަންނަ ފިތުރު ޢީދަށް އަޅުގަނޑުމެން ކިޔައި އުޅެނީ ކުޑަޢީދެވެ. ކުޑަ ޢީދުގެ ހަނދާންތަކަކީ ފިލައިގެން ނުދާނޭ ހަނދާންތަކެކެވެ. ނުވަދިހައިގެ ފަހުކޮޅުގެ އަހަރުތަކާއި އަދި ދެހާހުގެ ފުރަތަމަ ކޮޅުގެ އަހަރުތަކަކީ އަޅުގަނޑުމެން ކުޑަ ޢީދު ފާހަގަ ކުރުމުގައި އެންމެ ވަރުގަދަޔަށް ހަރަކާތްތެރިވި ދުވަސްވަރެވެ. ޢީދާއި ގުޅިގެން، ޢީދު ދުވަހުގެ ފަތިހުގެ ވަގުތުގައި ބޮޑު އަލިފާންގަނޑެއް ގޮނޑުދޮށުގައި ރޯކުރުމަކީ ނުވަތަ ޢީދު ހުޅުޖެހުމަކީ ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި ކޮށްއުޅޭ ކަމެކ...

ސަސުއޯލޯ ބަލިކޮށް ޔުވެންޓަސް ގަދަހަތަރެއްގެ އުންމީދުގައި
Sports

ސަސުއޯލޯ ބަލިކޮށް ޔުވެންޓަސް ގަދަހަތަރެއްގެ އުންމީދުގައި

އިޓާލިއަން ސީރިއާ އޭގައި ބުދަ ދުވަހުގެ ރޭ ޔުވެންޓަސްއާއި ސަސުއޯލޯ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށް ގަދަހަތަރެއްގެ އުންމީދު އައުކޮށްފިއެވެ. ސަސުއޯލޯގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވި ނަމަވެސް މުޅި މެޗުގައި ވެސް ސަސުއޯލޯއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގައި ފުރަތަމަ ލީޑުނަގަން އެންމެ ރަނގަޅު ފުރުޞަތެއް ވެސް ލިބިފައިވަނީ އެ ޓީމަށެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެ […]

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް އޭޕީއިން ކުށްވެރިކޮށްފި
Raajje

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް އޭޕީއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަށް އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްބަޔާނެއް ނެރެފިއެވެ. މި ޢަމަލު ކުށްވެރިކޮށް އެ ޕާޓީން ނެރެފައިވާ ބަޔާނުގައި ވަނީ އިޒްރޭލުން ރަމަޟާން މަހުގެ އެންމެ މުހިންމު ދުވަސްތައް ކަމުގައިވާ ފަހު ދިހައެއްގެ ދުވަސްތަކުގައި މުސްލިމުންގެ ފުރަތަމަ ޤިބުލަކަމުގައިވާ އަލްމަސްޖިދުލް އަޤްޞާއާއި އަދި އެ މިސްކިތް ހިމެނޭ ބަރަކާތްލެއްވިގެންވާ ބިންތަކުގެ ހުރުމަތް ކަނޑައި މުސްލިމުން ގަދަބާރުން އެތަންތަނުން ބޭރުކޮށް ހިންގަމުނ...

ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ޕޮޒިޓިވް!
Thiladhunmathi News

ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ޕޮޒިޓިވް!

ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މަހުގެ އެއްވަނަ ދުވަހު ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެ ރަށް މޮނީޓަރިންނަށް ލުމަށްފަހު މޮނީޓަރިންއިން ނެގީ މި މަހުގެ އަށްވަނަ ދުވަހުއެވެ. ނަމަވެސް މި މަހުގެ 11 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ފެނިގެން ފުލޫ ކުލިނިކަށް ދެއްކި 34 އަހަރުގެ އަންހެނެށް ކޯވިޑަށް ޕިޒިޓިވް ވުމާއި ގުޅިގެން އަނެއްކާވެސް އެ ރަށް ވަނީ މޮނީޓަރިންނަށް ލާފައެވެ. މި ކޭސްއާއި ގުޅިގެން […]

ދިިއްދޫގައި ޢީދު ދުވަހަށް އިތުރު ފިޔަވަޅުތަކެއް
Thiladhunmathi News

ދިިއްދޫގައި ޢީދު ދުވަހަށް އިތުރު ފިޔަވަޅުތަކެއް

ތިލަދުންމަތީ އުތުރުބުރީ ހއ. ދިއްދޫގައި ކޯވިޑް ފެތުރެމުންދާތީ އެ ރަށު ކައުންސިލްގެ އިދާރާއިން ކުރިއަށް އޮތް ފިތުރު ޢީދު ދުވަހާއި ގުޅިގެން އިތުރު ފިޔަވަޅު ތަކެއް އަޅަން ނިންމައިފިއެވެ. ދިއްދޫއިން ކޯވިޑް ބައްޔަށް ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އަލާމާތްތައް ހުރެގެން މި މަހުގެ އެއްވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި ފަރާތެކެވެ. އެ ދުވަހުން ފަށިގެން އެޗްޕީއޭއިން އަންނަނީ ދިއްދޫ މޮނީޓަރިންނަށްލައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. މިގޮތުން މި ކޭހާއި ގުޅިގެން ނެގުނު ޑައިރެކްޓް ކޮންޓެކްޓާރސްގެ […]

ބާސެލޯނާ ވެސް ފުރުޞަތު ނަގާލައިފި
Sports

ބާސެލޯނާ ވެސް ފުރުޞަތު ނަގާލައިފި

ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ ބާސެލޯނާއާއި ލެވަންޓޭ ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗު ފަށައިގެން ބާސާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި އެ […]

މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ ބުރާސްފަތި ދުވަސް
Raajje

މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ ބުރާސްފަތި ދުވަސް

މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ހަނދު ސާބިތު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ޖަލްސާއަށްފަހު އެ މިނިސްޓްރީން ނެރުނު ހަނދާބެހޭ ބަޔާނުގައެވެ. ވުމާއިއެކު މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ 12 މެއި 2021 ވާ ބުދަދުވަހެވެ. އެ މިނިސްޓްރީން މިކަމާއި ގުޅިގެން އާންމުކުރި ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ރަމަޟާން މަހުގެ 29 ވީ އަންގާރަ […]

ނެއްލައިދޫ ކުނިމެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނެއްލައިދޫ ކުނިމެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ސޯސް ރިކަވަރީ ސެންޓަރ ( ކުނިމެނޭޖުކުރާ މަރުކަޒު) ޤާއިމް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ނެއްލައިދޫ ކައުންސިލުގެ އިދާރާއިން މި މަހުގެ ދިހަވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މިކަމަށް ކުރިމަތި ލެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 މެއި 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 17 މެއި 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް […]

މިލާން އަތުން ބަލިވެ ޔުވެންޓަސް ފަސްވަނައަށް ވެއްޓިއްޖެ
Sports

މިލާން އަތުން ބަލިވެ ޔުވެންޓަސް ފަސްވަނައަށް ވެއްޓިއްޖެ

އިޓާލިއަން ސީރިއާ އޭގައި އާދީއްތަ ދުވަހުގެ ރޭ އެސީ މިލާނާއި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބައްދަލުކުރި މެޗުން 3-0 ގެ ނަތީޖާއިން ޔުވެންޓަސް ބަލިވެ އެ ޓީމް ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ވެއްޓިއްޖެއެވެ. އިޓާލިއަން ލީގުގެ މި ސީޒަންގެ ޗެމްޕިއަންކަން އިންޓަ މިލާނަށް މިހާރު ކަށަވަރުވެފައި ވީ ނަމަވެސް ލީގުގެ ގަދަހަތަރެއްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ކޮންމެ ޓީމަކަށް ވެސް ލީގުގައި ބާކީ ތިންމެޗު އޮތްއިރު މި ވަގުތު 35 މެޗުން ލިބުނު 72 ޕޮއިންޓާއިއެކު […]