މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ހަނދު ސާބިތު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ޖަލްސާއަށްފަހު އެ މިނިސްޓްރީން ނެރުނު ހަނދާބެހޭ ބަޔާނުގައެވެ. ވުމާއިއެކު މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ 12 މެއި 2021 ވާ ބުދަދުވަހެވެ.
އެ މިނިސްޓްރީން މިކަމާއި ގުޅިގެން އާންމުކުރި ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ރަމަޟާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް، އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް، 1442 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.
ރާއްޖޭގެ އެއްވެސް ހިސާބަކަށް މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނިފައިނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ވެސް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނިފައި ނުވާތީއާއިއެކު، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި، ދިވެހިރާއްޖެއިން އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މޭ މަހުގެ 13 ވާ ބުރާސްފަތި ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!