ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ސޯސް ރިކަވަރީ ސެންޓަރ ( ކުނިމެނޭޖުކުރާ މަރުކަޒު) ޤާއިމް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ނެއްލައިދޫ ކައުންސިލުގެ އިދާރާއިން މި މަހުގެ ދިހަވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މިކަމަށް ކުރިމަތި ލެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 މެއި 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 17 މެއި 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް އެ ކައުންސިލް އިދާރާއަށް ވަޑައިގެން މި ކަމަށް އެދި ރަޖިސްޓަރީ ކުރެއްވުމަށެވެ. ނުވަތަ ބިޑް ރަޖިސްޓްރޭޝަން ފޯމް ލިންކް https://forms.gle/p5bcK2BJ2i7Ldv6s9 މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށެވެ.
މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރީވާ ފަރާތްތަކަށް އެރުވުމަށް ހަމަޖެހިފައިވާއިރު، މިކަމަށްޓަކައި ބާއްވާ ޕްރީބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ 18 މެއި 2021 ވާ އަންގާރަ ދުވަހުގެ 10:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ. އަދި މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 މެއި 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އެ ކައުންސިލް އިދާރާގައި ކަމުގައި އެ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
މިކަމާއި ގުޅުންހުރި އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަކާއި ގުޅުންހުރި ސުވާލުތައް ނެއްލައިދޫ ކައުންސިލްގެ މެއިލައަށް ފޮނުވުމަށް އެ ކައުންސިލުން އެދިލައްވައެވެ. ނެއްލައިދޫ ކައުންސިލްގެ މެއިލް އެޑްރެސްއަކީ info@nellaidhoo.gov.mv އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!