ބާސެލޯނާއާއި ޕީއެސްޖީން ސެމީގެ ފުރުސަތު ވަރަށް ބޮޑުކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާ ހޯދައި ބާސެލޯނާއާއި ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ވަރަށް ބޮޑުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފައެވެ. ދެވަނަ ލެގުގައި އަންނަ ހަފްތާގައި ޑޯޓްމަންޑްގެ ދަނޑުގައި މި ދެ ޓީމް ވާދަކުރާއިރު، ފޯމުގައި އޮތް ބާސާ ތަފާތު ބޮޑުކޮށް ބަލިކޮށް ސެމީން ޖާގަ ހޯދުމަކީ ޑޯޓްމަންޑަށް އޮތް […]