ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކްލަބް ސެނޮންގެ ފަރާތުން އެ ރަށު ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބަންގި ގޮވުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި މުބާރާތް މި މަހުގެ 25 ވަނަ ދުވަހު، ނޭކުރެންދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފައި ވަނީ 21 ބައިވެރިންނާއިއެކުއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ދިހަ އަހަރުން ދަށް އަދި ދިހަ އަހަރުން މައްޗެވެ.

Ad
rt

ކްލަބް ސެނޮންގެ ފަރާތުން މި ރަމަޟާން މަހު އަންނަނީ ދީނީ ކުއިޒެއް ވެސް ކުރިއަށް ގެންދަމުންނެވެ. ކުއިޒުން ވަނަތަކަށް ހޮވޭ ފަރާތަށާއި ބަންގި މުބާރާތުން ވަނަތައް ހޯދާ ދަރިވަރުންނަށް އިނާމް ދިނުމަށް ހާއްސަ ޖަލްސާއެއް އަންނަ އޭޕްރިލް މަހު 2 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބަންގި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ އަދި މުޅި މުބާރާތުން އެއްވަނަ ހޮވާނެއެވެ. މިއީ ބަންގި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. އަދި ކުއިޒް ކުރިއަށް ގެންދިޔަ ތުންވަނަ އަހަރެވެ.