"ވައިކަރަދޫ ޔޫތު ކުލަބް ސްޕޯޓްސް އެކަޑަމީ" ގެ ފެށުން އައު އަހަރުގެ ފުރަތަމަ ދުވަހު

vyc

ހދ.ވައިކަރަދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ، ވައިކަރަދޫ ޔޫތު ކުލަބުން އިސް ނަގައިގެން "ވީވައިސީ ސްޕޯޓްސް އެކަޑަމީ" ގެ ނަމުގައި އެކަޑަމީއެއް 01 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރު ވެއްޖެއެވެ.

ވައިކަރަދޫގައި އެކި ކުޅިވަރުތަކުން މޮޅެތި ކުޅުންތެރިން އުފެއްދުމުގެ މަޤުޞަދުގައި ފަށާ މި އެކަޑަމީގައި ތިން ކުޅިވަރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯޅައެވެ. މިވަގުތު ފުޓްބޯޅައާއި ވޮލީބޯޅަ ހާއްސަ ކޮށްފައި ވަނީ ފިރިހެން ކުދިންނަށެވެ. ހޭންޑްބޯޅާ ހާއްސަ ކޮށްފައި ވަނީ އަންހެން ކުދިންނަނަށެވެ.

އެކަޑަމީގައި މިވަގުތު 61 ކުދިން ވަނީ ރަޖިސްޓަރީ ކޮށްފައެވެ. އެއީ ފުޓްބޯޅައިގައި 39 ކުދިން، ވޮލީބޯޅައިގައި 09 ކުދިންގެ އިތުރުން ހޭންޑްބޯޅައިގައި 13 ކުދިންނެވެ.

"ތިލަދުން" ނޫހާއި ވާހަކަ ދައްކަމުން ވައިކަރަދޫ ޔޫތު ކުލަބުގެ ނައިބް ރައީސް އަބްދުﷲ އަޝްރަފް ބުނެފައިވަނީ މި އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަރު މީގެ ދެމަސްދުވަސް ކުރިން ހުޅުވާލާފައިވާ ކަމަށެވެ.

އެކަޑަމީ ފެށުމުގެ ކުރިން ރަޖިސްޓަރީ ކޮށްފައިވާ ކުދިންނަށް އެކަޑަމީގައި ބޭނުންކުރާ ޖޯޒީ ވެސް އެ ކުލަބުން ހިލޭ ހަމަޖައްސައިދީފައިވާ ކަމަށެވެ.

2018 ވަނަ އަހަރުގެ ތެރޭގައި ރަޖިސްޓަރީ ކޮށްފައިވާ މި ކުލަބުގެ ފަރާތުން ވައިކަރަދޫގައި ކުޅިވަރު ކުރިއެރުވުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފާއިތުވި ތަނުގައި ވެސް އެ ކުލަބުން ވަނީ ރަށު ފެންވަރުގައި މުބާރާތްތަކެއް ހިންގާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި