ޖެރާޑް ޕީކޭ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި
ސްޕެނިޝް ލަލީގާގެ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިން ޑިފެންޑަރ ޖެރާޑް ޕީކޭ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ. އުމުރުން 35 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އޭނާ ހާމަކޮށްފައި ވަނީ ސޯޝަލް މީޑީއާ މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯއެއްގައެވެ. ސްޕެނިޝް ލީގުގައި މި ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ބާސާ އަމިއްލަ ދަނޑުގައި ނުކުންނާނީ އަލްމޭރިއާއާއި ދެކޮޅަށެވެ. އެއީ ޕީކޭ ކެރިއާގައި ކުޅޭނެ އެންމެ ފަހު މެޗެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށް ޕީކޭ ބުނެ...