ތިލަދުންމަތީ އުތުރުބުރީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ އެންޑް ޑެކަރޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު އެ ރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ މަސް ތެރޭކަމަށާއި، ނަމަވެސް ކޯސް ކުރިއަށް ގެންދެވޭނީ މަދުވެގެން 20 ބައިވެރިން ލިބިގެން ކަމަށެވެ.

Ad
rt

ކޯހުގެ ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން 1500 (ފަނަރަސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ އަދަދުގެ ފަންސާސް އިންސައްތަ ކަމަށްވާ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ ދެއްކުމަށް ހަމަޖެހިފައި ވަނީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބަޖެޓުންނެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނޮވެމްބަރ 7 ވަނަ ދުވަހުގެ 13:00 ގެ ކުރިން "ޕޭސްޓްރީ އެންޑް ޑެކެރޭޝަން ކޯހުގައި ބައިވެރިވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުމަށް ބާރަށު ކައުންސިލުން އެދިލައްވައެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ރަސްމީ ދުވަސްތަކުގައި އެ ކައުންސިލުގައި ކުރިއަށްދާނެއެވެ.