މައި ޚަބަރަށް ދިޔުމަށް

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ލީގު ފަށަން ކުޑަތަންވެފައި ވަނިކޮށް ރެއާލްގެ ކީޕަރ ކޯޓުއާއަށް ސީރިއަސް އަނިޔާއެއް
Sports

ލީގު ފަށަން ކުޑަތަންވެފައި ވަނިކޮށް ރެއާލްގެ ކީޕަރ ކޯޓުއާއަށް ސީރިއަސް އަނިޔާއެއް

ސްޕެނިޝް ލީގު ފަށަން ކުޑަތަން ވެފައިވަނިކޮށް ރެއާލް މެޑްރިޑްގެ އެއް ނަމްބަރު ކީޕަރ ތިބައޫ ކޯޓުއާގެ ކަކުލަށް ސީރިއަށް އަނިޔާއެއް ލިބިއްޖެއެވެ. އުމުރުން 31 އަހަރުގެ ކޯޓުއާއަށް އަނިޔާވެފައި ވަނީ ރެއާލްގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އޭނާގެ ވާތުފައިގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާގެ ސަބަބުން މި ހަފްތާ ބަންދުގައި ފަށާ ސްޕެނިޝް ލީގުގެ ބޮޑުބައެއް އޭނާއަށް ގެއްލޭނެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ އޮޕަރޭޝަން ކުރާނެއެވެ. 2018 ވަނަ އަހަރު ޗެލްސީ ދޫކޮށް ރެއާލަށް ބަދަލުވެ، ރެއާލުގައި […]

ހަނިމާދޫގައި އަނެއްކާވެސް ފުޓްސަލް ދަނޑެއް އަޅަނީ
Thiladhunmathi News

ހަނިމާދޫގައި އަނެއްކާވެސް ފުޓްސަލް ދަނޑެއް އަޅަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އަޅަން ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލް އިދާރާގައެވެ. މި މަސައްކަތ...

ކައުންސިލުން އެދުމުން ޒުވާނުން ނުކުމެ ހަނިމާދޫ ފުޓްސަލް ދަނޑުގައި ޓާފް އަޅަނީ
Thiladhunmathi News

ކައުންސިލުން އެދުމުން ޒުވާނުން ނުކުމެ ހަނިމާދޫ ފުޓްސަލް ދަނޑުގައި ޓާފް އަޅަނީ

ޓާފް ހަލާކުވުމުގެ ސަބަބުން ބޭނުން ނުކުރެވި އޮންނަތާ އެތައް އަހަރެއް ވެފައިވާ ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ހަނިމާދޫ ކައުންސިލާއި އެ ރަށުގެ ޒުވާނުން ގުޅިގެން ފަށައިފިއެވެ. ހަނިމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ކައުންސިލުން ރާވާފައި އޮތީ، ކައުންސިލުން އެތަނަށް ބޭނުންވާ ސާމާނު ގެނައުމުން ރަށުގެ ޒުވާނުންނާއި ކައުންސިލާއި އަދި އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތައް ނުކުމެ ޓާފްއެޅުމުގެ އަމަލީ މަސައްކަތްކޮށް ނިންމާ ގޮތަށެވެ. މި މަސައްކ...

ކޭން ހޯދަން ބަޔާނުން ކުރި މަސައްކަތް ނާކާމިޔާބު
Sports

ކޭން ހޯދަން ބަޔާނުން ކުރި މަސައްކަތް ނާކާމިޔާބު

އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ހޯދުމަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ. އިންގްލެންޑްގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ އުމުރުން 30 އަހަރުގެ ކޭން ގަތުމަށް ބަޔާނުން މަސައްކަތްފަށައި، ބަޔާނުން ފުރަތަމަ ހުށަހެޅީ 80 މިލިއަން ޔޫރޯއެވެ. މަޝްވަރާތައް ދިގުލައި ގޮތްތަކެއް ނުހޯދިފައި އޮތުމަށްފަހު ބަޔާނުން ވަނީ ކޭން ގަތުމަށް މިދިޔަ ހަފްތާތެރޭ 100 މިލިއަން ޔޫރޯގެ ބިޑެއް […]

ވެން ޑެ ބީކް ހޯދުމަށް ރެއާލް ސޮސިއެޑާޑުން މަސައްކަތްކުރަނީ
Sports

ވެން ޑެ ބީކް ހޯދުމަށް ރެއާލް ސޮސިއެޑާޑުން މަސައްކަތްކުރަނީ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރ ޑޮނީ ވެން ޑެ ބީކް ހޯދުމަށް ރެއާލް ސޮސިއެޑާޑުން ޔުނައިޓެޑާއި މަޝްވަރާކުރަން ފަށައިފިއެވެ. އުމުރުން 26 އަހަރުގެ ވެން ޑެ ބީކް ޔުނައިޓެޑާއި ގުޅިފައިވަނީ މީގެ ތިން އަހަރު ކުރިން ފަސް އަހަރު ދުވަހުގެ އެއްވަސްވުމެއްގެ ދަށުން 35 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައެވެ. އޭނާ ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ. އަޔެކްސްގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ ޔުނައިޓެޑަށް ބަދަލުވެ […]

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މެސީ ކުޅެމުން އަންނަ އިންޓަ މިއާމީ ލީގްސް ކަޕްގެ ކުއާޓާއަށް
Sports

ޕެނަލްޓީ ޖަހައިގެން މޮޅުވެ، މެސީ ކުޅެމުން އަންނަ އިންޓަ މިއާމީ ލީގްސް ކަޕްގެ ކުއާޓާއަށް

އެމެރިކާ ލީގްސް ކަޕްގެ ކުއާޓާ ފައިނަލުން މެސީ ކުޅެމުން އަންނަ އިންޓަ މިއާމީ ޖާގަ ހޯދައިފިއެވެ. އިންޓަ މިއާމީ އެމެރިކާ ލީގްސް ކަޕްގެ ގަދަ ސޯޅަ ބުރުގައި ރޭ އެފްސީ ޑާލާސްއާއި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 4-4 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އިންޓަ މިއާމީ ކުއާޓާއިން ޖާގަ ހޯދީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އިންޓަ މިއާމީންނެވެ. މި ލަނޑު މެޗުގެ ހަވަނަ […]

ސިޓީ ބަލިކޮށް އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި
Sports

ސިޓީ ބަލިކޮށް އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

އިނގިރޭސި އައު ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މައްޗަށް އާސެނަލުން ކުރި ހޯދައި ޝީލްޑް ކާމިޔާބު ކޮށްފިއެވެ. މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސިޓީންނެވެ. ސިޓީއަށް މެޗުގައި ލީޑު ނަގައިދިނީ 64 ވަނަ މިނެޓުގައި ހާލަންޑްގެ ބަދަލުގައި ކުޅެން […]

ގްވާޑިއޯލްގެ ޑީލް ސިޓީން ނިންމާލައިފި
Sports

ގްވާޑިއޯލްގެ ޑީލް ސިޓީން ނިންމާލައިފި

ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅެމުންއައި ކްރޮއޭޝިއާގެ ޒުވާން ޑިފެންޑަރ ޖޮސްކޯ ގްވާޑިއޯލްގެ ސޮއި މެންޗެސްޓާ ސިޓީން ހޯދައިފިއެވެ. އާރުބީ ލައިޕްޒިގުން، އުމުރުން 21 އަހަރުގެ ގްވާޑިއޯލްގެ ސިޓީއަށް ވިއްކާލާފައިވަނީ 77 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާއަކީ ދެވަނައަށް އެންމެ އަގުބޮޑުކޮށް ޓީމް ބަދަލުކުރި ޑިފެންޑަރެވެ. މި ލިސްޓްގެ އެއްވަނާގައި އޮތީ 2019 ވަނަ އަހަރު ލެސްޓާ ސިޓީން މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނު އިނގިރޭސި ޑިފެންޑަރ މެގުއާއެވެ. ޔުނައިޓެޑުން މެގުއާ ގެނެސްފައި ވަނީ 80 މިލިއަން ޕައުންޑްގެ...

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހޮއިލުންޑް ޔުނައިޓެޑަށް
Sports

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހޮއިލުންޑް ޔުނައިޓެޑަށް

އިޓާލިއަން ލީގުގެ އެތުލާންޓާއަށް ކުޅެމުންއައި ޑެންމާކްގެ ޒުވާން ފޯވާޑް ރަސްމުސް ހޮއިލުންޑް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑާއި ގުޅިއްޖެއެވެ. އުމުރުން 20 އަހަރުގެ ހޮއިލުންޑް ޔުނައިޓެޑާއި ގުޅިފައިވަނީ 72 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގެ ދަށުންނެވެ. މިއީ މި ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ޔުނައިޓެޑުން ވަނީ އިންޓަ މިލާނަށް ކުޅެމުންއައި ކީޕަރު އޮނާނާގެ އިތުރުން ޗެލްސީއަށް ކުޅެމުންއައި މޭސަން މައުންޓް ގެ...

ކޭންއާއި މެދު ގޮތެއް ނިންމަން ބަޔާނުން ޓޮޓެންހަމަށް މުހުލަތެއް ދީފި
Sports

ކޭންއާއި މެދު ގޮތެއް ނިންމަން ބަޔާނުން ޓޮޓެންހަމަށް މުހުލަތެއް ދީފި

އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ވިއްކާލާނީތޯ ނުވަތަ ބަހައްޓާނީ ތޯ ކަނޑައަޅަން ބަޔާނުން ޓޮޓެންހަމަށް މުހުލަތެއް ދީފިއެވެ. އިންގްލެންޑްގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ އުމުރުން 30 އަހަރުގެ ކޭން ގަތުމަށް ބަޔާނުން މަސައްކަތްތަކެއް ކުރަމުން އަންނަތާ މިހާރު ވަނީ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައެވެ. ބަޔާނުން ކުރިން ވަނީ ކޭން ގަތުމަށް 80 މިލިއަން ޔޫރޯގެ ކޮންޓްރެކްޓެއް ހުށަހަޅާފައެވެ...

ހޯރަފުށީގައި ބޭއްވި ފައިގަތަޅާ މުބާރާތް ލަޔަންސްއާއި ޓީމް ޕޮލިސް ކާމިޔާބުކޮށްފި
Thiladhunmathi News

ހޯރަފުށީގައި ބޭއްވި ފައިގަތަޅާ މުބާރާތް ލަޔަންސްއާއި ޓީމް ޕޮލިސް ކާމިޔާބުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ފައިގަތަޅާ މުބާރާތުގެ ފިރިހެން ބައިގެން ޗެމްޕިއަންކަން ލަޔަންސް އަދި އަންހެންބައިގެ ޗެމްޕިއަންކަން ޕޮލިސް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ އަންހެންބައިގެ ފައިނަލުގައި ބައްދަލު ކޮށްފައިވަނީ ޕޮލިސް ޓީމާއި ލަޔަނެސް އެވެ. މެޗު 11-8 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް އެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލުގައި ބައްދަލުކުރީ ލަޔަންސް ކަބް އާއި ލަޔަންސްއެވެ. މި މެޗު 22-28 އިން ކާމިޔާބ...

އެކުވެރިކަމުގެ މެޗުގައި ޔުވެންޓަސް އަތުން ވެސް ރެއާލް ބަލިވެއްޖެ
Sports

އެކުވެރިކަމުގެ މެޗުގައި ޔުވެންޓަސް އަތުން ވެސް ރެއާލް ބަލިވެއްޖެ

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލް މެޑްރިޑާއި ޔުވެންޓަސް ކުޅުނު އެކުވެރިކަމުގެ މެޗުން ރެއާލް ބަލިވެއްޖެއެވެ. އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުވެންޓަސްއާއި ރެއާލް އެމެރިކާއަށް މިހާރު ކުރަމުން އަންނަ ދަތުރުގެ ތެރެއިން ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއިންނެވެ. މިއީ އައު ސީޒަނަށް ތައްޔާރުވުމުގެ މި ދެ ޓީމް ކުޅުނު އެންމެ ފަހުގެ އެކުވެރިކަމުގެ މެޗެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ޔުވެންޓަސް އިންނެވެ. ފުރަތަމަ ލަނޑު […]

އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ބުފޮން ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
Sports

އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ބުފޮން ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ދުނިޔެދުއް އެންމެ މޮޅެތި ގޯލްކީޕަރުންގެ ތެރޭ ހިމެނޭ އިޓަލީގެ ލެޖެންޑަރީ ކީޕަރު ޖިއަންލުއީޖީ ބުފޮން، އުމުރުން 45 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ފުޓްބޯޅައިން ރަސްމީކޮށް ރިޓަޔާކުރިކަން ހާމަކޮށް ބުފޮން ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖްގައި އޭނާގެ ސަޕޯޓަރުންނަށް އިޝާރާތްކޮށް ބުނެފައިވަނީ އެކުގައި ހުރިހާކަމެއް ހާސިލް ކުރެވިއްޖެ ކަމަށާއި، ފުޓްބޯޅާގައި ސަޕޯޓަރުންގެ ފަރާތުން އޭނާ ބޭނުންވި ހުރިހާ ކަމެއް ހާސިލްވި ކަމަށާއި އަދި އޭނާވެސް ސަޕޯޓަރުން ބޭނުންވި ހުރިހާކަމެއް ކޮށްދިން ކަމަށެވެ. ބުފޮނ...

ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމްކުރާ “ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގައި ނެޓްބޯޅަ ކުރިއަރުވައި ނެޓްބޯޅަ ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުޞަތު ހޯދައިދިނުމާއި، ނެޓްބޯޅަ ކުޅޭ ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، ކަނބަލުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމުގެ އިތުރުން ވާދަ...

އެކުވެރިކަމުގެ މެޗުގައި ޑޯޓްމަންޑުން ޔުނައިޓެޑް ބަލިކޮށްފި
Sports

އެކުވެރިކަމުގެ މެޗުގައި ޑޯޓްމަންޑުން ޔުނައިޓެޑް ބަލިކޮށްފި

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބްރޫޝިއާ ޑޯޓްމަންޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މިއީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ޔުނައިޓެޑުން ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ. ފާއިތުވި ހަފްތާގައި ޔުނައިޓެޑުން ވަނީ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅެ ވެސް ބަލިވެފައެވެ. ޑޯޓްމަންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޔުނައިޓެޑުންނެވެ. […]