މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރ ޑޮނީ ވެން ޑެ ބީކް ހޯދުމަށް ރެއާލް ސޮސިއެޑާޑުން ޔުނައިޓެޑާއި މަޝްވަރާކުރަން ފަށައިފިއެވެ.

އުމުރުން 26 އަހަރުގެ ވެން ޑެ ބީކް ޔުނައިޓެޑާއި ގުޅިފައިވަނީ މީގެ ތިން އަހަރު ކުރިން ފަސް އަހަރު ދުވަހުގެ އެއްވަސްވުމެއްގެ ދަށުން 35 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައެވެ. އޭނާ ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ.

Ad
rt

އަޔެކްސްގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ ޔުނައިޓެޑަށް ބަދަލުވެ ޕްރިމިއާ ލީގުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ވުމާއިއެކު ފާއިތު ތިން ސީޒަންގައި ޔުނައިޓެޑާއި ހަވާލުވި އެއްވެސް ކޯޗެއް އޭނާއަށް ކުޅެން މާ އެދެވޭ ފުރުޞަތެއް ދީފައި ނުވެއެވެ.

މީގެ އިތުރުން އޭނާއަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެ ޓީމަށް ބޭނުން ނުހިފޭތީ މިހާރުގެ ކޯޗް ޓެން ހާގް ވިއްކާލަން ބޭނުންވާ ކުޅުންތެރިންގެ ތެރޭ ވެން ޑެ ބީކް ހިމެނެއެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އާދީއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗުގައި ކޯޗް ޓެން ހާގް ވަނީ ވެން ޑެ ބީކްއަށް ފުރަތަމަ އެގާރައިން ފުރުޞަތު ދީފައެވެ. ނަމަވެސް ހާފްޓައިމްގައި އޭނާ ވަނީ ބަދަލު ކޮށްފައެވެ.