ހޯރަފުށީ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާއަށް
ހއ.ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ އަތޮޅަށް ހުޅުވާލައިގެން ބޭއްވި ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ހޯރަފުށީ ކުޅިފައިވާއިރު، ފައިނަލުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބާއި ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު 19-11 އިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ބާރަލާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބ...