އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލް މެޑްރިޑާއި ޔުވެންޓަސް ކުޅުނު އެކުވެރިކަމުގެ މެޗުން ރެއާލް ބަލިވެއްޖެއެވެ.
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުވެންޓަސްއާއި ރެއާލް އެމެރިކާއަށް މިހާރު ކުރަމުން އަންނަ ދަތުރުގެ ތެރެއިން ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއިންނެވެ. މިއީ އައު ސީޒަނަށް ތައްޔާރުވުމުގެ މި ދެ ޓީމް ކުޅުނު އެންމެ ފަހުގެ އެކުވެރިކަމުގެ މެޗެވެ.
މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ޔުވެންޓަސް އިންނެވެ. ފުރަތަމަ ލަނޑު ފުރަތަމަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މޮއިސް ކީންއެވެ. ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޓިމް ވިއާއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ޖަހައިދިނީ ވިނީސިއަސްއެވެ.
ރެއާލުގެ ފާރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވިއެވެ. ރެއާލަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ޔުވެންޓަސްއިން ވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭ އެ ޓީމްގެ ތިންވަނަ ލަނޑުޖަހައި މެޗު ކާމިޔާބު ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ވަލްހޮވިޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!