ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމްކުރާ "ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގައި ނެޓްބޯޅަ ކުރިއަރުވައި ނެޓްބޯޅަ ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުޞަތު ހޯދައިދިނުމާއި، ނެޓްބޯޅަ ކުޅޭ ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، ކަނބަލުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމުގެ އިތުރުން ވާދަވެރި މާހައުލެއްގައި ނެޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދީ ނެޓްބޯޅައިގައި ހުނަރުވެރި ކުޅުންތެރިން އުފެއްދުމެވެ.
މި މުބާރާތުގައި ކުޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އުމުރުން 16 އަހަރު ވެފައިވާ ހަމައެކަނި ކުޅުދުއްފުށީ ސިޓީގެ ކަނބަލުންނަށެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވާން ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ސިޓީ ކައުންސިލަށް ހުށަހެޅުމަށް އެ ފަރާތުން އެދިލައްވައެވެ.
ފޯމް: https://forms.gle/iXehuHqha8vdShju8
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 20000 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް މުބާރާތުގެ ގިނަ ވަނަތަކެއް ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!