ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ފައިގަތަޅާ މުބާރާތުގެ ފިރިހެން ބައިގެން ޗެމްޕިއަންކަން ލަޔަންސް އަދި އަންހެންބައިގެ ޗެމްޕިއަންކަން ޕޮލިސް ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ އަންހެންބައިގެ ފައިނަލުގައި ބައްދަލު ކޮށްފައިވަނީ ޕޮލިސް ޓީމާއި ލަޔަނެސް އެވެ. މެޗު 11-8 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް އެވެ.

Ad
rt

މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލުގައި ބައްދަލުކުރީ ލަޔަންސް ކަބް އާއި ލަޔަންސްއެވެ. މި މެޗު 22-28 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ލަޔަންސްއެވެ.

މުބާރާތުގެ އެންމެ މޮޅު އަންހެން ހިފުންތެރިޔާއަށް ހޮވުނީ ޕޮލިސް ޓީމްގެ ޝައުޝަން ހަމީދެވެ. އެންމެ މޮޅު އުކުންތެރިޔާއަށް ހޮވުނީ ލަޔަނެސްގެ ޝިފްލާ ހަމީދެވެ.

މުބާރާތުގެ އެންމެ މޮޅު ފިރިހެން ހިފުންތެރިޔާއަށް ހޮވުނީ ދަންމަރުގެ އަބްދުﷲ ރަޝީދުއެވެ. އެންމެ މޮޅު އުކުންތެރިޔާއަށް ހޮވުނީ ލަޔަންސް ކަބްގެ އިސްމާއިލް އައިޝް ޝަރީފެވެ.

މި މުބާރާތަކީ ހޯރަފުށި ކައުންސިލް އިންތިޒާމް ކޮށްގެން އެ ރަށުގެ ކުލަބް ޖަމިއްޔާތަކާއި އޮފީސް ތަކާއި ގުޅިގެން ބޭއްވި ފުރަތަމަ ފައިގަތަޅާ މުބާރާތެވެ. މި މުބާރާތުގެ ފިރިހެން އަދި އަންހެންބައިގެ ޗެމްޕިއަން ޓީމަށް 5000 (ފަސްހާސް) ރުފިޔާ އަދި ރަނައަޕްއަށް 2000 (ދެހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. މި މުބާރާތުގައި ފިރިހެން 7 ޓީމް އަދި އަންހެން 3 ޓީމް ވާދަކޮށްފައިވެއެވެ.