Skip to main content

ޖަލްވާން ޖާދުﷲ

Viewer
🇲🇻 ތިލަދުން Desk
266 Stories
20 Reads

Published on ތިލަދުން (Thiladhun) by ޖަލްވާން ޖާދުﷲ

ކޮވިޑް-19 ރާއްޖޭގެ ހާލަތު: މިއަދުގެ އަދަދު ހާހުން މައްޗަށް، އެކްޓިވްކޭސް 10 ހާހާއި ގާތަށް
Raajje

ކޮވިޑް-19 ރާއްޖޭގެ ހާލަތު: މިއަދުގެ އަދަދު ހާހުން މައްޗަށް، އެކްޓިވްކޭސް 10 ހާހާއި ގާތަށް

ރާއްޖެއިން އިތުރު 1091 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިވަގުތު އެކްޓިވްކޭސްގެ ގޮތުގައި ތިބިފާރާތްތަކުގެ އަދަދު 10 ހާހާއި ގާތަށް ޖެހިލައިފި އެވެ. މިއަދަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 933 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 147 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 6 […]

ރައީސްގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެނީ
Raajje

ރައީސްގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ މަންމާފުޅު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރައީސްގެ މަންމާފުޅު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިހާރުވަނީ އެކަމަނާ ދަރުމަވަންތަ ހޮސްޕިޓަލްގެ 17 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްފައެވެ. ރައީސްގެ މަންމާފުޅު އެޑްމިޓްކުރެއްވި ނަމަވެސް ހާލުކޮޅު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ. ރައީސް ސޯލިހުގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ރައީސް ސާލިހުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހ...

ކަސްޓަމްސްއިން 10 މިލިއަން ރުފިޔާގެ މަސްތުވާތަަކެތި އަތުލައިގެންފި
Raajje

ކަސްޓަމްސްއިން 10 މިލިއަން ރުފިޔާގެ މަސްތުވާތަަކެތި އަތުލައިގެންފި

އިތިއޯޕިއާ އިން ރާއްޖެ އައި އިނގިރޭސި ރައްޔިތެއްގެ އަތުން 3.413 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވިދާޅުވި ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 10،239،000 ރުފިޔާއަށް އަރާ ކަމަށެވެ. އެތަކެތި ރާއްޖެ އެތެރެކުރަން އުޅުނު އުމުރުން 30 އަހަރުގެ އިނގިރޭސި ވިލާތުގެ މީހާ ރާއްޖެއައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ ފިރިހެނެކެވެ. ކަސްޓަމްސްއިން އޭނާގެ ލަގެޖް ޗެކްކުރީ އޭނާ ރާއްޖެ އައިސްފައިވާ ރޫޓް އަދި އޭނާގެ އަމަލުތައް ހުރި […]

ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފި
Raajje

ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. އެކަންހާމަކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ބ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ ސަރައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭގެ 21:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު […]

ކޮވިޑް19: އައިޖީއެމްއެޗް އެމެޖެންސީ ރޫމް ގައި ފަރުވާދެމުން ދިޔަ 51 އަހަރުގެ މީހަކު ނިޔާވެއްޖެ
Raajje

ކޮވިޑް19: އައިޖީއެމްއެޗް އެމެޖެންސީ ރޫމް ގައި ފަރުވާދެމުން ދިޔަ 51 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެ އެވެ. ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 51 އަހަރުގެ ދިވެހި އަންހެނެއް ކަމަށްހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނެފައުވެ އެވެ. އެޗްޕީއޭއިންބުނީ  އެ މީހާއަކީ އިންދިރާ ގާދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އެމެޖެންސީ ރޫމް ގައި ފަރުވާދެމުން ދިޔަ މީހެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ފަތިހު 04:45 ހާއިރުކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.   މިއީ ވޭތިވެދިޔަ 3 ދުވަސް ތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި […]

ވައިކަރަދޫ ވޮލީ ޓީމްގެ ފަރާތުން ބިދޭސީންނަށް ރޯދަވީއްލުމެއް ބާއްވައިފި
Thiladhunmathi News

ވައިކަރަދޫ ވޮލީ ޓީމްގެ ފަރާތުން ބިދޭސީންނަށް ރޯދަވީއްލުމެއް ބާއްވައިފި

ހދ. ވައިކަރަދޫ ވޮލީ ޓީމްގެ ފަރާތުން އިންތިޒާމްކޮށްގެން އެރަށުގައި އުޅޭ ބިދޭސީންނަށް ރޯދަވީއްލުމެއް ބާއްވައިފި އެވެ. ވައިކަރަދޫ ވޮލީ ޓީމް އިން އިންތިޒާމުކޮށްގެން އެރަށުގައި އުޅޭ ބިދޭސީންނަށް ރޯދަވިއްލުމެއް ބާއްވައިފައިވަނީ އެރަށު ވޮލީ ކޯޓުގައެވެ. ވޮލީޓީމުގެ ފަރާތުން މިނޫހަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މިއީ ވައިކަރަދޫ ގައި  އެކި އެކި މަސައްކަތްތައް ކުރުމަށް ރަށުގައި މިހާރު ދިރިއުޅެމުންދާ ބިދޭސީންނަށް ހާއްސަކޮށްގެން އިންތިޒާމުކުރި ރޯދަ ވީއްލުމެއް ކަމަށެވެ.  އެގޮތުން އެރަށުގެ ވޮލީއަށް ލޯބިކު...

ރައީސް ނަޝީދަށް ދިން ހަމަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
Raajje

ރައީސް ނަޝީދަށް ދިން ހަމަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާޔާ ގުޅިގެން ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު މިއަދު ފުލުހުން ދޭ ނޫސްކޮންފަރެންސެއްގައި ހާމަކުރަށްވާނެ ކަމަށެވެ. އެ ނޫސްކޮންފަރެންސް ތާވަލުކޮށްފަ ވަނީ މިއަދު 15:50 އަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން […]

މާލެ ސަރަހައްދުގެ ބައެއް ފިޔަވަޅުތައް ވަކިމުއްދަތެއް ނެތްގޮތަށް ދައްމާލައިފި
Raajje

މާލެ ސަރަހައްދުގެ ބައެއް ފިޔަވަޅުތައް ވަކިމުއްދަތެއް ނެތްގޮތަށް ދައްމާލައިފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި ބައެއް ފިޔަވަޅުތައްއަޅައި، އެ ފިޔަވަޅުތައް ވަކިމުއްދަތެއްނެތް ގޮތަށް ދަންމާލައިފިއެވެ. އެ ނިންމުން ހާމަކޮށްފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގަ އެވެ. މިގޮތުން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެއް ޑޭ ކެއާ ސެންޓަރުތަކާއި، ޓިއުޝަން ކްލާސްތަކާއި އަދި ޤުރުއާން ކްލާސް ބަންދުކުރަން ވަނީ އަންގާފަ އެވެ. މީގެއިތުރުން...

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފި
Raajje

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 13 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. މިފަހަރު ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރަށްވާ މިއަދު މެންދުރު އާންމުކުރެއްވި ”އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ޢިއުލާން ކުރާ ގަރާރު” ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 12 މާޗުގަ...

ދިއްދޫއިން އިތުރު 4 މީހެއް ޕޮޒިޓިވްވެ، ޖުމްލަ 28 އަށް އަރައިފި
Thiladhunmathi News

ދިއްދޫއިން އިތުރު 4 މީހެއް ޕޮޒިޓިވްވެ، ޖުމްލަ 28 އަށް އަރައިފި

ހއ. ދިއްދޫއިން ރޭގަ ނެގި 121 ސާމްޕަލްގެ ނަތީޖާ ނުލިބިހުރި ނަތީޖާތަކުން އިތުރު 4 މީހެއް ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. އެއާއިއެކު ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ ކޭހާއި ގުޅިގެން ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް އެރީއެވެ. މީގެއިތުރުން އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި 3 މީހެއް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން ދިއްދޫގެ ނަމްބަރު ވަނީ 28 އަށް އަރާފައެވެ. އެރަށުން ޕޮޒިޓިވްވި މީހުން ތެރެއިން 2 މީހަކު މިއަދު ވަނީ […]

ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ ދިއްދޫގައި މުޒާހަރާ ކޮށްފި
Thiladhunmathi News

ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ ދިއްދޫގައި މުޒާހަރާ ކޮށްފި

ހެލްތު މިނިސްޓަރުގެ އަހްމަދު ނަސީމްގެ އިސްތިއުފާއަށް ގޮވާލާ ހއ. ދިއްދޫގައި މުޒާހަރާ ކޮށްފި އެވެ. މިރޭ ދިއްދޫގައި ކުރިޔަށް ދިޔަ މި މުޒާހަރާގެ ބައިވެރިން ވަނީ ދިއްދޫގައި ހުރި ސިއްޙީ ކަންކަމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހެލްތް މިނިސްޓަރަށް ގޮވާލާ އަޑު އުފުލާފައެވެ. އަދި ހއ.އަތޮޅު ހޮސްޕިޓަލްގެ ހިދުމަތަށް މިހާރަށްވުރެ ހަރުދަނާކުރުމަށް ވަނީ އަޑުއުފުލާފައެވެ. ރާއްޖޭގެ ސިއްޙީ ނޒާާމް ފެއިލް ވެފައިވާކަމަށް ބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވަނީ ހެލްތު މިނިސްޓަރުގެ އަހްމަދު ނަސީމް މަގާމުން...

އެންޑީއޭ ސިފަވަނީ ސަރުކާރުގެ ކުންފުންޏެއް ގޮތަކަށް: ރާޢީ
Parliament

އެންޑީއޭ ސިފަވަނީ ސަރުކާރުގެ ކުންފުންޏެއް ގޮތަކަށް: ރާޢީ

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ފެންނަނީ ސަރުކާރުގެ ކުންފުންޏެއް ކަހަލަ ގޮތަކަށް ކަމަށް، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. އިއްޔެގެ މަޖިލިސް ޖަލްސާގައި، ނޭޝަނަލް ޑްރަގް އޭޖެންސީގެ ޤާނޫނީ ޒިންމާ އަދާކުރަމުންނުދާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށް ވަމުން ރާޢީ ވިދާޅުވީ، އެ މައްސަލަ ދިރާސާ ކުރެއްވި ކޮމެޓީގައި އިންނެވި މެންބަރެއްގެ ހައިސިއްޔަތުން އޭނާއަށް ކޮމެޓީގައި ކުރެވ...

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަނުކުރަން ރުހުން ދީފި
Parliament

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަނުކުރަން ރުހުން ދީފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް ޝިފްލާ އިބްރާހީމް އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. ބްރޯޑްކޮމްގެ މެމްބަރުކަމަށް ޝިފްލާ އައްޔަނުކުރުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 71 މެމްބަރަކު ވޯޓު ދެއްވި އެވެ. ބްރޯޑްކޮމްއަށް އައްޔަން ކުރަން މިފަހަރު ތިން ނަމެއް ރައީސް ޞާލީހް މަޖިލީހަށް ފޮނުއްވިއެވެ. އެއީ ޝިފްލާގެ އިތުރުން، ފާތިމަތު ސައުސަން، މ. ވެންކޫވަރ އަދި ޑރ. މުހައްމަދު އިބްރާހީމް، ޖަވާހިރުއައްސޭ...

އަލްމަރުހޫމް އިބްރާހީމް ރަޝީދުގެ ވަކިވުމަކީ ޤައުމީ ހަޔާތަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް: ރައީސް
Raajje

އަލްމަރުހޫމް އިބްރާހީމް ރަޝީދުގެ ވަކިވުމަކީ ޤައުމީ ހަޔާތަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް: ރައީސް

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އިބްރާހީމް ރަޝީދުގެ ވަކިވެވަޑައިގަތުމަކީ، ދިވެހިރާއްޖޭގެ ޤައުމީ އަދި ސިޔާސީ ހަޔާތަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިނިސްޓްރީ އޮފް ހެލްތްގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަލްމަރުހޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިރޭ ސޮއިކުރައްވައި ލ...

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ކޭއާރުއެޗްގައި ގާއިމުކުރާނަން: ނައިބު ރައީސް
Raajje

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ކޭއާރުއެޗްގައި ގާއިމުކުރާނަން: ނައިބު ރައީސް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގެ ބެލުމުގެ ދަށުން ގާއިމުކޮށްފައިވާ “ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ” ފަދަ ސެންޓަރެއް ކުޅުދުއްފުށީގެ އިތުރުން ހުޅުމާލެ ގާއިމުކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ. ނާއިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ތެރަޕިއުޓިކްގެ ދާއިރާއިން މީހުން ބިނާކުރުމުގެ ސްކީމް ތަޢާރަފުކުރުމާއި، ސްޕޮންސަރުންނަށް އެގްރީމަންޓް ހަވާލުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަ...