ކޮވިޑާއި ގުޅިގެން ސައުދީގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް އުވާލައިފި
ކޮވިޑް-19 އާއި ގުޅިގެން ސަޢުދީ ޢަރަބިއްޔާގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދޭން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ. އެގައުމުގެ ސަރުކާރުގެ ރަސްމީ މީޑިޔާ ކަމުގައިވާ ސައުދީ ގެޒެޓްގައި ބުނެފައިވަނީ، ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މި ހޮނިހިރު ދުވަހުން ފެށިގެން އުވާލާން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާތްވެގެންވާ ދެ ހަރަމާއި، ސައުދީގެ ހުރިހާ މިސްކިތެއްގައި އިޖުތިމާއީ ގައިދުރުކަން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިސްކިތްތަކ...